މޯލްޑިްވްސް ޕޮލިސް ސަރވިސް
03 Jan 2024
ޚަބަރު
ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްއުކި މީހާ ދެނެގަނެވިއްޖެކަމަށް ފުލުހުން ބުނެފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހޯމަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އެމިސްކިތުގެ ތެރެއަށް ބިތަކެއް ތަޅާލާފައި އަޅާފައި ހުރި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް އެމައްސަލަ ބަލަމުންދާކަމަށެވެ.
30 Dec 2023
ޚަބަރު
އިނގުރައިދޫގައި ސައިކަލެއް ރޯކޮށްލި މައްސަލަ ފުލުުހުން ބަލަނީ
ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. ފުލުހުން ބުނީ މަގުމަތީގައި ހުރި ސައިކަލެއްގައި ރޯކޮށްލިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ސީންއަށް ދިޔައިރު އެސައިކަލު އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
29 Dec 2023
ޚަބަރު
ކުޅުދުއްފުށީ އެއާޕޯޓުން ފުރަންދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނު މައްސަލަ ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ފުލުހުންބުނީ، ވަޒަން ފެނިފައި ވަނީ ފުރަންދިޔަ ދިވެހި އަންހެނެއްގެ އަތްދަބަހުން ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ.
29 Dec 2023
ޚަބަރު
ކަނޑުއުޅަނދު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި
ސްކޫލް ބަންދާ ދިމާކޮށް ކަނޑުއުޅަނދު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް މެރިން ޕޮލިހުން ފަށައިފިއެވެ. މިއީ ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
25 Dec 2023
ޚަބަރު
ދޯންޏަކުން ޑައިވިނަށް ފޭބި ބިދޭސީއަކު ނިޔާވެއްޖެ
ފަހިމަގު-303 ދޯނީގެ ފަޅުވެރިންނާއި ހަވާލާދީ އާސިފް ވިދާޅުވީ، ބިދޭސީ މީހާގެ ހާލު ދެރަވީ ޑައިވިނަށް ފައިބައިގެން އުޅެނިކޮށް އޭނާއަށް ޞިއްޙީ މައްސަލަތަކެއް ދިމާވީއެވެ.
25 Dec 2023
ޚަބަރު
މިރޭ ދަންވަރު 1:00 އިން ފެށިގެން ބުރިޖުގެ އެއްލޭނު ބަންދުވާނެ- ފުލުހުން
ފުލުހުން ބުނީ، ބުރިޖުގެ އުތުރުފަޅީގެ ދެލޭން ބަންދުކޮށްފައި އޮންނަ ވަގުތުގައި، ދެކޮޅަށް ދުއްވޭގޮތަށް ބުރިޖުގެ ދެކުނު ފަރާތު ދެލޭން ހުޅުވާލާނެ ކަމަށެވެ. އެއީ މިހާރު ހުޅުމާލޭ ކޮޅުން މާލެއަށް ދަތުރުކުރަން އޮންނަ ފަޅިއެވެ. އެހެންކަމުން އެ ވަގުތު ބްރިޖުން ދަތުރުކުރައްވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް ބުރިޖުން ދަތުރުކުރާ ފަރާތްތަކުން އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
25 Dec 2023
ޚަބަރު
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު ޢައްޔަނުކުރައްވައިފި
ޝުޖާއު އެމަޤާމަށް އައްޔަނުކުރެއްވުމާއި، މަޤާމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޝުޖާއު އެމަޤާމަށް އައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒެެވެ.
24 Dec 2023
ޚަބަރު
މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
ކްރިސްމަސް ފާހަގަކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުން މަނާކަމެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ފުލުހުން ވަނީ ކްރިސްމަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ.
24 Dec 2023
ޚަބަރު
ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި، އެކަމަކު އަދި ވަޅެއް ނުލާ
ފުލުހުންގެ އިދާރާއިން ވިދާޅުވީ އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު، ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ، މިމަހުގެ 22 ވަނަ ދުވަހުގައި ކަމަށާއި، އެހެން ނަމަވެސް ކުއްޖާގެ ހަށިގަނޑު އަދިވަޅުލާފައި ނުވާ ކަމަށެވެ. އެމައްސަަލައިގެ ތަޙްޤީޤުތައް ފުލުހުން ކުރިޔަށް ގެންދާއިރު، ޕޯސްޓް މޯޓަމް ހެދުމަށްފަހު ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުނުލައި އޮތް ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.
21 Dec 2023
ޚަބަރު
ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ ފާރުވައްޓާލާފައި ކާރެއް ފިލައިފި
ފުލުހުން ވިދާޅުވީ، އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާކަމަށާއި އެ އެކްސިޑެންޓްގައި ހިމެނޭ އެއްކާރު، އެކްސިޑެންޓްވުމުން ފިލާފައިވާ ކަމަށެވެ. އަދި ފިލައިގެން ދިޔަ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
21 Dec 2023
ޚަބަރު
މޫދަށް ފުންމާލި އަންހެނަކު ފުލުހުން ސަލާމަތްކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ބާބަކިއު ސަރަހައްދުން މޫދުގައި އަންހެނަކު ގެނބެމުންދާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ރޭ މެންދަމު 00:30 ހާއިރުގައިކަމަށެވެ.
20 Dec 2023
ޚަބަރު
ނާދީ ހުރި ބިމުގައި ހަދަމުންދާ ޓާޓާ ފްލެޓުގެ އިމާރާތަކުން ވެއްޓުނު ދަގަނޑު ހޮޅިއަކުން ޖެހި މީހަކަށް އަނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޯޝަނީ ގޯޅިގައި ހަަދަމުންދާ އިމާރާތެއްގެ މަތިން، ދަނގަޑު ހޮޅިއެއްވެއްޓި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ، މިރޭ އިރުއޮއްސި، 19:29 ހާއިރުގައި ކަމަށެވެ. އަދި އެހާދިސާގައި އަންހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާއަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމުގައިވެސް ފުލުން ވިދާޅުވިއެވެ.
20 Dec 2023
ޚަބަރު
މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ޓާސްކްފޯހުން ހިންގި އޮޕަރޭޝަންތަކުގައި، 7 ކިލޯގެ ޑްރަގާއި ހާހަކަށްވުރެ ގިނަ ބަނގުރާފުޅި އަތުލައިގެންފި
އަދި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހުޅުމާލޭފަޅުގައި އަޅާފައިވާ ސަފާރީތަކާއި މާފުށީ ކައިރީގައި އަޅާފައިވާ ސަފާރީތައް ހިމެނޭހެން ކޯޓުއަމުރުގެ ދަށުން ޖުމުލަ 39 ސަފާރީއެއް ބަލައި ފާސްކޮށް، އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބޭނުންކުރަމުން ދިޔަކަމަށް ބެލެވުނު ފަސް އުޅަނދެއްވެސް ޓޯކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
20 Dec 2023
ޚަބަރު
މަސް ދުވަހުގެ ތެރޭގައި ތިން ޕޮލިސް ޕޯސްޓް ހުޅުވައިފި
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކްޓިން ޕޮލިސް ކޮމިޝަނަރ ފަރުހާދު ފިކުރީ ވިދާޅުވީ، މި ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި، ރާއްޖޭގެ ދެ އަތޮޅެއްގެ ތިންރަށެއްގައި ޕޮލިސް ޕޯސްޓްތައް ހުޅުވިފައިވާ ކަމަށެވެ. އެގޮތުން ހުޅުވުނު ޕޮލިސް ޕޯޓްތަކަކީ، ހދ. ނެއްލައިދޫ ޕޮލިސް ޕޯސްޓާއި، ވ. ތިނަދޫ ޕޮލިސް ޕޯސްޓާއި ވ. ފުލިދޫ ޕޮލިސް ޕޯސްޓްކަމުގައި އެކްޓިން ކޮމިޝަނަރ ވިދާޅުވިއެވެ.
20 Dec 2023
ޚަބަރު
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް 2 ބޭފުޅަކު ކުރިމަތިލައްވައިފި
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް2 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ޕޮލިސް ކޮމިޝަނަރގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ހުޅުވާލީ މިމަހުގެ 15ވަނަ ދުވަހުއެވެ.
19 Dec 2023
ޚަބަރު
މަންމައަށް ތޫނު އެއްޗަކުން ހަމަލާދިން ދަރިފުޅަށް އައިޖީއެމްއެޗްގައި ފަރުވާދެނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، 51 އަހަރުގެ މަންމައަށް ތޫނު އެއްޗަކުން ހަމަލާދިން ދަރިފުޅަކީ، 25 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަކީ ނަފްސާނީ މައްސަަލަތައް ހުރި މީހެއް ކަމަށެވެ. އެހެންވެ އޭނާ ހައްޔަރެއް ނުކުރެއެވެ.