Advertisement

ފުލުހުންނާއި ސިފައިންގެ އެންމެ އިސްވެރިން ---

03 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން މިމަހު ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުު ނުކުރެވޭނެކަން އަންގައިފި

މިހިނގާ ޖެނުއަރީ މަހުންފެށިގެން ސަލާމަތީ ޚިދުމަތްތަކުގެ މުސާރަތަކަށް ބަދަލު ގެނެވެން ނެތްކަމުގައި ސަރުކާރުން އެއިދާރާތަކަށް އަންގައިފިއެވެ.

ސަރުކާރުގެ އިސްބޭފުޅަކު، ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރެއްވުމަށް ރައިސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައި ވީނަމަވެސް، ދައުލަތުގެ މާލީ ޙާަތު ހުރިގޮތުން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރުން ވަނީ ތިން މަހަށް ފަސްކޮށްފައި ކަމަށެވެ. މިގޮތުން އައު ޕޭ ފްރޭމްވޯކަށް ޢަމަލުކުރުމަށް މިހާރު ސަރުކާރުން ނިންމާފައި ވަނީ މާރިޗު މަހުން ފެށިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން މުސާރަތައް ބޮޑުކުރެވެން ނެތްކަމަށް ފުލުހުންނާއި ސިފައިންނަށް އަންގާފައި ވަނީ މިއަދުކަމަށް އެއިދާރާތަކުން ވަނީ ބުނެފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، 2024 މާރިޗު 1 އިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީއިން ފުލުހުންނަށް ވަނީ އަންގާފައިވާ ކަމަށެވެ. 

އެމްއެންޑީއެފުންވެސް ވިދާޅުވީ، 2024 މާރިޗު 1 އިން ފެށިގެން ސިފައިންގެ މުސާރަ ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީއިން އެމްއެންޑީއެފަށް ވަނީ އަންގާފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.