Advertisement

މަސްތުވާތަކެތީގެ އޮޕަރޭޝަނާއި ގުޅޭ ގޮތުން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު މައުލޫމާތު ދެއްވަނީ -- ފޮޓޯ: ޕޮލިސް

20 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ޓާސްކްފޯހުން ހިންގި އޮޕަރޭޝަންތަކުގައި، 7 ކިލޯގެ ޑްރަގާއި ހާހަކަށްވުރެ ގިނަ ބަނގުރާފުޅި އަތުލައިގެންފި

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ޓާސްކްފޯހުން ހިންގި އޮޕަރޭޝަންތަކުގައި، 7 ކިލޯގެ ޑްރަގާއި ހާހަކަށްވުރެ ގިނަ ބަނގުރާފުޅި އަތުލައިގަނެވިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ، ޤައުމީ މައްސަލައެއް ކަމަށް ބަލައި ސަރުކާރުން އުފެއްދި ޓާސްކް ފޯހުން ހިނގި އޮޕަރޭޝަންތަކުގައި 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 7 ކިލޯގެ ޑްރަގާއި، 1،063 ބަނގުރާ ފުޅިއާ ދަޅެވެ.

އަދި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހުޅުމާލޭފަޅުގައި އަޅާފައިވާ ސަފާރީތަކާއި މާފުށީ ކައިރީގައި އަޅާފައިވާ ސަފާރީތައް ހިމެނޭހެން ކޯޓުއަމުރުގެ ދަށުން ޖުމުލަ 39 ސަފާރީއެއް ބަލައި ފާސްކޮށް، އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބޭނުންކުރަމުން ދިޔަކަމަށް ބެލެވުނު ފަސް އުޅަނދެއްވެސް ޓޯކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޓާސްކް ފޯހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 34 ދިވެހިންނާއި، ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މަސްތުގެ ހާލަތުގައި ތިއްބައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން 30 މީހަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާއި ހަވާުލުކުރެވިފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.