Advertisement

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑްކުއާޓަރަޒް --

24 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި، އެކަމަކު އަދި ވަޅެއް ނުލާ

އދ. ދިގުރަށުގައި މަރާލި ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު، ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ، މިމަހުގެ 22 ވަނަ ދުވަހުގައި ކަމަށާއި، އެހެން ނަމަވެސް ކުއްޖާގެ ހަށިގަނޑު އަދިވަޅުލާފައި ނުވާ ކަމަށެވެ. އެމައްސަަލައިގެ ތަޙްޤީޤުތައް ފުލުހުން ކުރިޔަށް ގެންދާއިރު، ޕޯސްޓް މޯޓަމް ހެދުމަށްފަހު ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުނުލައި އޮތް ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ވިހޭ ގޮތަށް ތުއްތުކުއްޖާ މަރާލައި ޑަސްބިން ބޭގަކަކަށްލާފައި އެއްލާލާފައި ވަނިކޮށް ފެނިފައި ވަނީ، މިޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. ހަމައެދުވަހު އެމައްސަލައިގެ ތުހުމަތަށްް ލަންކާ އަންހެނަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރިއެވެ. އެމީހާއަކީ، އދ. ދިގުރަށު ގެސްޓްހައުސެއްގައި މަސައްކަތްކުރަމުންދިޔަ އަންހެނެކެވެ. އޭނާ މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.