Advertisement

ނިޔާވި ބިދޭސީ މީހާގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ -- ފޮޓޯ: އާސިފް

25 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ދޯންޏަކުން ޑައިވިނަށް ފޭބި ބިދޭސީއަކު ނިޔާވެއްޖެ

ގއ. ވިލިގިލީ ފަހިމަގު-303 ދޯނީގެ ބިދޭސީ ފަޅުވެރިއަކު މިރޭ ނިޔާވެއްޖެއެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، ދާންދޫ ޞިއްޙީމަރުކަޒަށް ގެނައިރުވެސް ބިދޭސީ މީހާ ނިޔާވެފައިވާ ކަމުގައި އޭނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ، ނިޔާވި މީހާއަކީ، މުހައްމަދު ސައްޔިދުލްއިސްލާމް (35އ) ކަމަށެވެ. އޭނާއަކީ ބަނގުލަދޭޝްގެ ރައްޔިތެކެވެ.

ފަހިމަގު-303 ދޯނީގެ ފަޅުވެރިންނާއި ހަވާލާދީ އާސިފް ވިދާޅުވީ، ބިދޭސީ މީހާގެ ހާލު ދެރަވީ ޑައިވިނަށް ފައިބައިގެން އުޅެނިކޮށް އޭނާއަށް ޞިއްޙީ މައްސަލަތަކެއް ދިމާވީއެވެ.

ހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށާއި، ނިޔާވި މީހާގެ ހަށިގަނޑު އޮތީ، ދާންދޫ ސިއްޙީމަރުކަޒުގައި ކަމަށް އާސިފް ވިދާޅުވިއެވެ.

އެންހިފުމަށް ވައިފުޅި އަޅައިގެން ފީނާމީހުންނަށް ދިމާވާ މައްސަލަތަކުގައި މީގެ ކުރިންވެސް ބައެއް މީހުން ނިޔާވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.