Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

05 Jan 2024
ޚަބަރު

އޮޕަރޭޝަން ވަރުގަދަކޮށް ޤަވައިދާ ހިލާފަށް ޕާކުކުރާނަމަ ފިޔަވަޅު އަޅަނީ

އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ނެރުއްވި ބަޔާނެއްގައި ވަނީ ކަނޑައެޅިފައިވާ ޕާކިންގ ޒޯނުތައް ފިޔަވައި އެހެންތަންތަނުގައި އުޅަނދު ޕާކު ނުކުރުމަށާއި، މާލޭގެ ބާރުބޮޑު ސަރަޙައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށް އެދިފައެވެ. އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވަނީ އެދިފައެވެ. 

އަންނަ އާދިއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ހަަމަޖެހިފައިވާތީ، މާލޭގެ އެކި ސްކޫލްތަކަށް ވަދެ ނުކުތުމަށް ދަތިވާ ގޮތަށާއި، ސްކޫލްތަކުގެ ގޭޓް ކުރިމައްޗަށް ވާގޮތަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ސްކޫލު، ހޮސްޕިޓަލްގެ އިތުރުން މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކާއި، ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަ ކުރުމަށް ފުލުހުން ވަނީ ނިންމަވާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.