Advertisement

ވ. ތިނަދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

20 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަސް ދުވަހުގެ ތެރޭގައި ތިން ޕޮލިސް ޕޯސްޓް ހުޅުވައިފި

ފާއިތުވި މަސްދުވަހުގެ ތެރޭގައި ތިން ރަށެއްގައި ޕޮލިސް ޕޯސްޓް ހުޅުވިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކްޓިން ޕޮލިސް ކޮމިޝަނަރ ފަރުހާދު ފިކުރީ ވިދާޅުވީ، މި ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި، ރާއްޖޭގެ ދެ އަތޮޅެއްގެ ތިންރަށެއްގައި ޕޮލިސް ޕޯސްޓްތައް ހުޅުވިފައިވާ ކަމަށެވެ. އެގޮތުން ހުޅުވުނު ޕޮލިސް ޕޯޓްތަކަކީ، ހދ. ނެއްލައިދޫ ޕޮލިސް ޕޯސްޓާއި، ވ. ތިނަދޫ ޕޮލިސް ޕޯސްޓާއި ވ. ފުލިދޫ ޕޮލިސް ޕޯސްޓްކަމުގައި އެކްޓިން ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުން ފަރުހާދު ވިދާޅުވީ ފުލުހުންގެ އަސާސީ ތަންރީން ކޯހުގައި، ޤައުމިއްޔަތުގެ މާއްދާއެއް ކިޔަވައިދިނުމަށް ނިންމައި ކުރިޔަށް ހުރި ކޯސްތަކުގައި އެމާއްދާ ކިޔަވައިދޭން ފެށޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އަތޮޅުތަކަށް ފުލުހުންގެ ޚިދުމަތްތައް ފުޅާކޮށް، މީހުން ހޭލުންތެރިކުރުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.