Advertisement

ފުލުހުންގެ މައި މަރުކަޒު --

30 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އިނގުރައިދޫގައި ސައިކަލެއް ރޯކޮށްލި މައްސަލަ ފުލުުހުން ބަލަނީ

ރ. އިނގުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސައިކަލުގައި ރޯކޮށްލައި އަންދާލުމާއި ގުޅިގެން އެމައްސަލަ ބަލަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން  ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. ފުލުހުން ބުނީ މަގުމަތީގައި ހުރި ސައިކަލެއްގައި ރޯކޮށްލިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ސީންއަށް ދިޔައިރު އެސައިކަލު އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބަޔަކު ރޯކޮށްލާފައި ވަނީ، އިނގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ރަޝާދުގެ ސައިކަލުުގައިކަން، ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެބަޔާނުގައި އެ އަމަލުކުށްވެރިކޮށް އެމައްސަލަ ކަމާއި ބެހޭ ފަރާތްތަކުން ބަލައި ތަޙްޤީޤުކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.