Advertisement

ފުލުހުންގެ އިދާރާ --

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އައްޑޫގައި ފުލުހަކު ދުއްވި ކާރެއް އެކްސިޑެންޓްވި ހާދިސާއާ ގުޅޭ ގޮތުން ފަތުރާ ވާހަކަތައް ދޮގުކޮށްފި

އައްޑޫ ސިޓީ ފޭދޫ ގައި މިރޭ 19:15 ހާއިރު ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ފަތުރަމންދާ ބައެއް ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

މިއެކްސިޑެންޓް ހިނގީ ދެ އަންހެނަކު ތިބި ސައިކަލަކާއި، ކާރެއް ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި، އެކާރަކީ ރަޖިސްޓްރީކޮށްފައި ނުވާ ކާރެކެވެ. އަދި އެކްސިޑެންޓްވުމުން ސީން ރޫޅާލިކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އެހެންނަމަވެސް އެކަން ދޮގުކޮށް މިރޭ ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސީން ރޫޅާލާފައި ވަނީ އެ އެކްސިޑެންޓް ހިނގުމުން ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ސީން ޕްރޮސެސްކޮށްފައި ކަމަށާއި، އަދި އެކްސިޑެންޓްވި ކާރާ ސައިކަލަކީވެސް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި އެއުޅަނދުތައް ދުއްވި މީހުންގެ އަތުގައި އިންޖީނުލީ އެއްގަމު އުޅަނދުފަހަަރު ދުއްވުމުގެ ލައިސަންސް އޮންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 37 އަހަރުގެ އަންހެނަކަށާއި އުމުރުން 18 އަހަރުގެ އަންހެނަކަަށް ކަމަށެވެ. އަދި އެކްސިޑެންޓްގައި ލިބުނު ޒަޚަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާއި އެދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް، ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.