Advertisement

މޯލްޑިވުސް ޕޮލިސް ސަރވިސް ގެ ހެޑްކުއާޓަރޒް

29 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ކުޅުދުއްފުށީ އެއާޕޯޓުން ފުރަންދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނު މައްސަލަ ބަލަންފަށައިފި

ކުޅުދުއްފުށީ އެއާޕޯޓުން ފުރަންދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނު މައްސަލަ ބަލަމުންދާކަމުގައި ފުުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ފުލުހުންބުނީ، ވަޒަން ފެނިފައި ވަނީ ފުރަންދިޔަ ދިވެހި އަންހެނެއްގެ އަތްދަބަހުން ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި ހަތިޔާރު ގެންގުޅުމަކީ، އާއްމު ފަރާތްތަކަށް ޤާނޫނުން މަނާކޮށްފައިވާ، އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.