Advertisement

ސިނަމާލެ ބުރިޖު ---

25 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މިރޭ ދަންވަރު 1:00 އިން ފެށިގެން ބުރިޖުގެ އެއްލޭނު ބަންދުވާނެ- ފުލުހުން

މިރޭ ދަންވަރު 1:00 އިން ފެށިގެން ފަތިހު 3:00އަށް ސިނަމާލެ ބުރިޖުގެ، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނު (އުތުރު ލޭނު) ބަންދުވާނެ ކަމުގައި ފުލުހުން ބުނެފިއެވެ. 

ފުލުހުން ބުނީ، ބުރިޖުގެ އުތުރުފަޅީގެ ދެލޭން ބަންދުކޮށްފައި އޮންނަ ވަގުތުގައި، ދެކޮޅަށް ދުއްވޭގޮތަށް ބުރިޖުގެ ދެކުނު ފަރާތު ދެލޭން ހުޅުވާލާނެ ކަމަށެވެ. އެއީ މިހާރު ހުޅުމާލޭ ކޮޅުން މާލެއަށް ދަތުރުކުރަން އޮންނަ ފަޅިއެވެ. އެހެންކަމުން އެ ވަގުތު ބްރިޖުން ދަތުރުކުރައްވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް ބުރިޖުން ދަތުރުކުރާ ފަރާތްތަކުން އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. 

ސިނަމާލެ ބުރިޖުގެ އުތުރުފަޅި ބަންދުކުރަނީ ކޮންކަމަކާއި ގުޅިގެން ކަމެއް ފުލުހުންނެއް ނުބުނެއެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ބުރިޖުގެ އެލޭނު ބަންދުކުރަނީ، ސިނަމާލެ ބުރިޖުގެ މޮނިއުމެންޓްގައި ޖަހާފައިވާ ނަމުގެ ބައެއް އަކުރުތައް ވެއްޓިފައިވާތީ އެކަން ރަނގަޅު ކުރުމަށެވެ. ޗައިނާ ދިވެހިރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ބުރިޖަށް ދީފައިވާ ނަަމަކީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.