މޯލްޑިްވްސް ޕޮލިސް ސަރވިސް
16 Jun 2024
ޚަބަރު
ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައި ފިލި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ފަތިހު 4:07 ހާއިރު ހުޅުމާލެ ފިލިގަސް މަގުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ ރިޕޯޓް ލިބިގެން އެތަނަށް ފުލުހުން ދިޔުމުން މާރާމާރީ ހިންގުމުގައި ބައިވެރިވި މީހުންގެ ތެރެއިން ދެމީހަކު ކާރެއްގައި ފިލަން މަސައްކަތް ކުރި ކަމަށާއި، އެކާރު ހުއްޓުވުމަށް މަސައްކަތް ކުރި ފުލުސް މީހާގެ ގައިގައި ކާރު ޖެއްސުމަށްފަހުގައި އެމީހުން ފިލައިގެން ދިޔަ ކަމަށެވެ.
16 Jun 2024
ޚަބަރު
ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ހިނގި އެމާރާމާރީއާގުޅިގެން ހައްޔަރުކޮށްފައި ވަނީ ދިވެހި 4 ފިރިހެނުން ކަމަށާއި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލްކޯޓަށް ހާޟިރު ކުރުމުން އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް ކުރިމިނަލްކޯޓުން އަމުރު ދީފައިވާ ކަމަށެވެ.
16 Jun 2024
ޚަބަރު
މާރާމާރީ އާއި ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފި
ފުލުުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ރޭ ހިނގި މިމާރާމާރީ އާއި ގުޅިގެން މިއަދު ވަނީ، ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައެވެ. އެމާރާމާރީ އާއި ގުޅިގެން ރޭވެސް ދެމީހަކު ހައްޔަރުކޮށްފައިވެއެވެ.
16 Jun 2024
ޚަބަރު
ޕިކަޕެއްގައި ގިނަ އަދަދެއްގެ މީހުން އުފުލި މައްސަލައެއް ބަލަން ފަށައިފި
ޕިކަޕަކަށް ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލައެެއް ބަލަންފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވާއިރު، މިހަފްތާގައި ވަނީ، ޕިކަޕަކަށް ލޭބަރުން އަރުވައިގެން ދުއްވާ މައްސަލައެއް އާއްމުންގެ މީހަކު ސޯޝަލްމީޑިއާގައި ފެންމަތިކޮށްފައެވެ.
16 Jun 2024
ޚަބަރު
މާރާމާރީ ހިންގައިގެން ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިމާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 22:30 ހާއިރުގައި ކަމަށެވެ. މާރާމާރީއާއި ގުޅިގެން އެކަކަށް އަނިޔާވެ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫންކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
15 Jun 2024
ޚަބަރު
މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ހަތަރު ފޮޅުލީ ގިނަ އުޅަނދުތައް ޓޯވކޮށްފި
14 Jun 2024
ޚަބަރު
ފުރަތަމަ ފެރީ ދަތުރުގައި ލޯންޗެއް ނެރު ފަސްގަނޑަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
13 Jun 2024
ޚަބަރު
އަދި ނުވެސް އަންނަ އަހަރުތަކަށް، ޓްރާންސްޕޯޓު މިނިސްޓްރީ ވެހިކަލް ރަޖިސްޓްރީ ހަދައިދީފައިވާކަން ފަޅާއަރައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަހްމަދު ނިޒާމްއާ އޭނާގެ އަންހެނުންގެ ނަންމަތީގައި 100 ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައި ހުރި އިރު އޭގެ ތެރޭގައި، ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުގެ 86 ވެހިކަލް ހިމެނޭ ކަމަށެވެ. ފުލުހުން ވިދާޅުވީ، އޭގެ ތެރެއިން ބައެއް ކާރުގެ ރަޖިސްޓްރީ ހަދާފައި ވަނީ 2025ވަނަ އަހަރަށާއި، 2027 ވަނަ އަހަރަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުށުގެ މިޢަމަލުތައް ހިންގާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ބަޔަކާއި ގުޅިގެންކަންވެސް ފުލުހުންގެ އިދާރާއިން ފާހަގަކުރައްވާފައިވެއެވެ.
13 Jun 2024
ޚަބަރު
އީދަށް ފުރާ އުޅަނދުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި އޮޕަރޭޝަނުގައި، މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލައިފާސްކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދެމުން ގެންދާނެ ކަމަށެވެ. މީގެ އިތުރުން، އަތޮޅުތަކުން ލަފާފުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތުދިނުމާއި ބަލައިފާސްކުރުމުގެ ކަންކަން އަތޮޅުތަކު ޕޮލިސް ސްޓޭޝަންތަކުންވެސް ކުރިޔަށް ގެންދާނެ ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
10 Jun 2024
ޚަބަރު
ތޮއްޑޫ ހޭޅީގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތޮއްޑޫ ބްރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭގެ، 21:29 ހާއިރުގައި ކަމަށެވެ. އަދި އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
06 Jun 2024
ޚަބަރު
މަޖިލިސް ކުރާގޭ ކައިރީގަ އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލިސް ކުރާގޭގެ އުތުރުން ހޮޓެލް ޖެން އާއި ކުރީގެ ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތާއި ދެމެދު އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކުގައި ރޯކޮށްލާފައި ވަނީ، ހޯމަ ދުވަހުގެ ރޭ މެންދަމުން އަލިވީ ފަހުންނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާގެ ރިޕޯޓް ފުލުހުންނަށް މެންދަމުން އަލިވެ 3:03 ގައި ކަމަށެވެ.
05 Jun 2024
ޚަބަރު
ކުރިއަށް އޮތް ފަސްއަހަރަށް އެކުލަވާލި ފުލުހުންގެ ސްޓެޓެޖިލް ޕްލޭން އިފްތިތާޙްކޮށްފި
އޭގެ ތެރޭގައި ހިމަނާފައި ވަނީ، ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުމާއި، ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކޮމިއުނިޓީ ޕޮލިސިންގ މޮޑެލްއެއްގެ ތެރެއިން ފުލުހުންގެ ޚިދުމަތް އިތުރަށް ތަރުތީބުކޮށް މަސައްކަތްކުރުމާއި، ފުލުހުންގެ ވަޞީލަތްތައް އިތުރުކޮށް، ޚިދުމަތްތައް ޒަމާނީކުރުމާއި، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިންސާނީ ވަސީލަތާއި ޤާބިލްކަން އިތުރުކުރުމާއި، ފުލުހުންގެ ޚިދުމަތަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ޚިދުމަތަކަށް ހަދައި، ނަޒާހަތްތެރިކަމުގެ ސަގާފަތެއް އުފެއްދުމެވެ.
05 Jun 2024
ޚަބަރު
ރޭ ހުޅުމާލެ ކައިރިން ދެލޯންޗް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު ފިޔަވައި އެހެން އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފި
ރޭ އެގާރަޖަހާ އެހާކަންހާއިރު މިހާދިސާ ހިނގީ، ހުޅުމާލެ ނެރުމަތީގައި، ރިޒޯޓެެއްގެ ލޯންޗަކާއި، އެހެން ލޯންނެއް ޖެހިގެންނެވެ. އެކްސިޑެންޓްވި އެއް ލޯންޗަކީ ރެހެންދި ނަމަކަށް ކިޔާ ލޯންޗެކެވެ. އަނެއް ލޯންޗަކީ، އެޓްމޮސްފިއަރ ކަނިފުށި ރިޒޯޓުގެ ވަރު ނަމަކަސް ކިޔާ ލޯންޗެކެވެ.
04 Jun 2024
ޚަބަރު
މީހުންގެ އަތުން ފޭރޭ ގުރޫޕެއް އަތުލައިގެންފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ހިޔާގެ އެއްވަނަ ޓަވަރު ކައިރީގައި، މީހަކު އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގައި އެކަމަށެވެ.
02 Jun 2024
ޚަބަރު
މީހަކު މަރުވި ލޯންޗު އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ކެޕްޓަންގެ ބަންދަށް 15 ދުވަސް ޖަހައިފި
އިއްޔެ ހެނދުނު އދ. ދަނގެތީ ކައިރިން ތިލައެއްގެ ކައިރިއަށް ފާނަ ބާނަން ފައިބާއޮތް މީހެއްގެ ގައިމަތިން ލޯންޗު ދިޔުމުގެ ސަބަބުން އެމީހާ ވަނީ މަރުވެފައެވެ. އެމީހާ މަރުވީ ލޯންޗުގެ ބުރަފަތިތަކުގައި ޖެހި އެމީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކަފައިގެން ދިޔުމުގެ ސަބަބުންނެވެ.
01 Jun 2024
ޚަބަރު
އެކްސިޑެންޓްވުމުން ލޯންޗު އަޅާ ނުލައި ދިޔައީ، ބިދޭސީ މީހާ ނެގީ އެހެން ލޯންޗަކުން!
އެކްސިޑެންޓްގައި މަރުވީ، ފ. ފީއަލީގެ ދޯންޏަކުން އދ. މާމިގިލީ ކައިރީގައި އޮތް ފަޅެއްގެ ކައިރިއަށް ފާނަ ނަގަން ފައިބައި އޮތް ބިދޭސީ މީހެކެވެ. ބިދޭސީ މީހާ މޫދުގައި ފާނަ ބާނަން އޮތީ، އޭނާ ގެންގުޅުނު ބާސްކެޓްތަކުގައި ދުރަށް ފެންނަ ގޮތަށް އޮރެންޖް ކުލައިގެ ދިދަ ޖަހައިގެންނެވެ. އޭނާ ޒަޚަމްވެފައި އޮތް ތަނުގައި އޭނާ ބާނާ ފާނަ އަޅަން ގެންގުޅުނު 2 ބާސްކެޓް އޮތް އިރު އެއިން ކޮންމެ ބާސްކެޓެއްގައިވެސް، އޮރެންޖު ކުލައިގެ ދިދައެއް ޖަހާފައި ހުއްޓެވެ.