Advertisement

މެހިލި ގޯޅީގައި ހުރި ސައިކަލުތަކުގައި ރޯވެ އަނދާފައި -- ފޮޓޯ: އެމްއެންޑީއެފް

17 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސައިކަލުތަކުގައި ގަސްތުގައި ރޯކޮށްލި ކަމުގެ ހެއްކެއް ނެތް: ފުލުހުން

ރޭ މާލޭ މެހެލި ގޯޅީގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލީ ގަސްތުގައި ކަމަށް ބެލެވޭނެ ހެއްކެއް ފުލުހުންނަށް ލިބިފައި ނުވާކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އަލިފާނުގެ އެހާދިސާ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ރޭ މެންދަމު 12:34 ހާއިރު، މެހެލި ގޯޅީގައި ހުރި ސައިކަލުގައި ތަކެއްގައި ރޯވެ 5 ސައިކަލާއި ބައިސްކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަލިފާނުގެ ހާދިސާ ރިޕޯޓް ކުރުމާއި އެކު 5 ވަރަކަށް މިނިޓްތެރޭ ސިފައިންގެ ފަޔަމަނުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިވާލާފައެވެ.

ރޭގެ އަލިފާނުގެ ހާދިސާ އަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމުގެ ހެއްކެއް ފުލުހުންގެ ތަޙްޤީޤަށް މިހާތަނަށް ލިބިފައި ނެތް ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް، އެއީ ބަޔަކު ގަސްތުގައި ހިންގި އަމަލެއް ކަމަށް ބައެއް މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ. އަދި މަތިން އެއްޗެއް ވައްޓާލުމުގެ ސަބަބުން ސައިކަލްތަކުގައި ރޯވިކަން އެސަރަހައްދުގައި ހުރި އަމިއްލަ މީހުންގެ ޢިމާރާތްތަކުގެ ސީސީޓީވީ ކެމެރާތަކަށް އަރާފައިވާ ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ، އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މީގެ ކުރިން ވަނީ، މަޖިލިސް ކުރާގޭގެ އުތުރުން އޮތް ޕާކިން ޒޯނުގައި ހުރި ސައިކަލްތަކެއްގައިވެސް މީހަކު ގަސްދުގައި ރޯކޮށްލާފައެވެ. އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދައި ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.