Advertisement

ވެލިމާ ސްޕީޑް ލޯންޗު ކިނބިދޫ ނެރު ފަސްގަނޑަށް އަރާފައި ---

14 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ފުރަތަމަ ފެރީ ދަތުރުގައި ލޯންޗެއް ނެރު ފަސްގަނޑަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ރާއްޖެއިން ބޭރުން އަލަށް ބަނދެގެން ގެނެސް ފެރީ ދަތުރުތައް ފެށި، "ވެލިމާ ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއް ތ. ކިނބިދޫ ނެރު ފަސްގަނޑަށް އަރައި ފަޅުވެރިންނަށް އަނިޔާވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިއަދު ހަވީރު ހިނގި މިހާދިސާ ހިނގާފައި ވަނީ، ފެރީ ލޯންޗު ކިނބިދޫއިން ނުކުންނަށް އުޅުމުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެގެން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެލޯންޗު މަޑުވެފައި ވަނީ ގަސްތަކުގެ ތެރެއަށް އަރައިގެން ގޮހެވެ.

މިހާދިސާގައި ލޯންޗު ދުއްވި ކެޕްޓަނަށާއި، ލޯންޗުގައި އެވަގުތު ތިބި ދެފަޅުވެރިންނަށްވެސް ކުދި އަނިޔާތަކެއް ލިބުނުކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

މާލެއިން ތ އަތޮޅަށް ފެރީ ދަތުރުތައް ކުރަންފެށި، ވެލިމާ ސްޕީޑް ފެރީ ލޯންޗަކީ، ތ. އަތޮޅާއި މ.އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރަންފެށި ފެރީއެކެވެ. އެފެރީ ލޯންޗުގެ ފުރަތަމަ ދަތުރު މާލެއިން ތ. އަތޮޅަށް ކުރީ މިއަދުއެވެ. ހާދިސާ ހިނގީ ފުރަތަމަ ފެރީ ދަތުރު ނިންމާފައި ލޯންޗު ކިނބިދޫއިން ފުރައިގެން ނުކުންނަށް އުޅުމުގެ ތެރޭގައި ކަމަށް އެނގިފައިވެއެވެ.

ވެލިމާ ސްޕީޑް ފެރީ ލޯންޗަކީ، 52 މީހުންގެ ޖާގައިގެ، ހޮންޑާ 250 ހޯސްޕަވަރުގެ 4 އިންޖީނު އަޅާފައި ހުރި ލޯންޗެކެވެ. މިހާދިސާގައި ލޯންޗުގެ އިންޖީނުތަކަށް ގެއްލުންވެ، ލޯންޗުގެ ބަނޑުފިލާވެސް ފަޅައިގެން ގޮސްފައިވާ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
ޖުމެއިލް
ގަސްތުގައި ކުރިކަމެއްތޯ ބަލަންޖެހޭނެ. ތިކަހަލަ ހިދުމަތެއް ފެށިޔަނުދޭންވެސް ތިހެން ހެދުން އެކަށީގެންވޭ.
15 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.