މޯލްޑިްވްސް ޕޮލިސް ސަރވިސް
މޯލްޑިްވްސް ޕޮލިސް ސަރވިސް
18 Aug 2024
ޚަބަރު
ހުޅުމާލޭ ގެއަކަށް ވަދެ ބިދޭސީ އަންހެނެއްގެ އަތުން ފައިސާ ފޭރުނު މީހާ ހައްޔަރުކޮށްފި
ފުުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ގދ. ތިނަދޫ ސްކޭނަރ، އަލީ ޝައްމާހު ވަހީދު (29އ)އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
17 Aug 2024
ޚަބަރު
ބަނގުރާ ކައްކައި އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފި
ފުުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްދުންމަތީގަން ތުނޑީ އަވަށު، ވިލާ ގޭގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރަމުން ގެންދާކަމުގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިއްޔެ ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކޮށްފައި ވާކަމަށެވެ.
13 Aug 2024
ޚަބަރު
މަސްތުވާ ތަކެތިގެ މައްސަލައެއްގައި އިނގުރައިދޫއިން ހަތް މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށް, ކޯޓު އަމުރެއްގެ ދަށުން ވަނީ އެމީހުން ދިރިއުޅެމުންދިޔަ ތަން ބަލައިފާސްކޮށްފައެވެ. އަދި އެތަނުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 7.38 ގުރާމު ހުރިކަމަށް ހާމަކޮށްފައި ވެއެވެ.
11 Aug 2024
ޚަބަރު
މާލެއިން 23 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) ކަމަށެވެ. މާލޭގައި ދިރިއުޅެމުން އަންނަ އަނިލް ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، އެންމެ ފަހުން އާއިލާއަށް އޭނާގެ ޚަބަރެއް ވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހު ހެނދުނު ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
11 Aug 2024
ޚަބަރު
ހައްޔަރުކުރި ކަރެކްޝަންސްގެ އޮފިސަރުންނަށް ދަޢުވާކުރަން ފޮނުވައި، ނަން ހާމަކޮށްފި
އެމައްސަލައިގައި 18 އޮފިސަރުންގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް އެމައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރުކުރީ 13 މީހުންނެވެ. އެމީހުން ގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރީ، މިއަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހު މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައެވެ.
08 Aug 2024
ޚަބަރު
ޥައިގެ މަގުން އަތޮޅުތެރެއަށް މަސްތުވާތަކެތި ގެންދަން އުޅުނު އަނެހްނަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާ ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލުން ކަމަށެވެ. ހައްޔަރުކުރި މީހަކީ، އުމުރުން 30 އަހަރުގެ ދިވެހި އަންހެނެކެވެ.
08 Aug 2024
ޚަބަރު
ބޭސްފަރުވާއަށް މާލެ އައި މީހެއްގެ ކޮޓަރިއަށް ވަދެ ފޭރިއްޖެ
މި މައްސަލަ އާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ބޭސްފަރުވާއަށް މާލެއަށް އައިސްއުޅެނު ޢުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކު ކުށްޔަށް ހުރި ކޮޓަރިއަށްވަދެ އަނިޔާކޮށް ބިރުދައްކާ ފޭރިގެންފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އަދި މާރާމާރީ ހިންގައި އޭނާގެ ފޯނާއި ފައިސާ ފޭރުނުކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
07 Aug 2024
ޚަބަރު
ކިންގްސްޓޮން އިން މަކަރުހަދާފައިވާ ފަރާތްތަކުން ޕޮލިހަށް އެކަން ހިއްސާ ކުރުމަށް އެދިއްޖެ
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ، ކޮންހްސްޓޮން އިން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެ އިދާރާއަށް ހުށަހެޅިފައިވާތީ، އެ މައްސަލަ އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.
07 Aug 2024
ޚަބަރު
އެޕާޓްމެންޓަކަށް ވަދެ ފޭރުނު މީހަކު ހައްޔަރުކޮށްފި
އެޕާޓްމެންޓަކަށް ވަދެ 26،000 އަށް ވުރެން ގިނަ ރުފިޔާ ފޭރިގަތް މީހަކު އަންގާރަ ދުވަހު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވެސް އަންގާރަ ދުވަހުއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މ. ދިންމަނަގޭ އުމުރުން 32 އަހަރުގެ އަބްދުﷲ ތިލްމީޒެވެ.
06 Aug 2024
ޚަބަރު
ވ. އަތޮޅުގެ ފަޅުރަށެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ވ. ބޮޑު މުހޮރާގައި ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ދެ ދިވެހިންނާއި ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ.
04 Aug 2024
ޚަބަރު
ދެ ފުލުހެއްގެ ސައިކަލަށް ގެއްލުންދިން މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި
ނ. ހެނބަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރަމުންދާ ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އެހެން ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި އެ ރަށުން ދެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހެނބަދޫ ސެލްވިޔޯ، އިލްޔާސް އިބްރާހީމާއި އެ ރަށު ހުދުތަރި މުހައްމަދު އިރުޝާދުއެވެ. މި ދެ މީހުންނަކީ ވެސް އުމުރުން 33 އަހަރުގެ ދެ މީހުންނެވެ.
04 Aug 2024
ޚަބަރު
ހަނިމާދޫގައި ހިނގި މާރާމާރީ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިއޮގަސްޓްމަހުގެ 2 ވަނަ ދުވަހު ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފެއްގެ މެދުގައި ހިނގި މާރާާމާރީ އާއި ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
02 Aug 2024
ޚަބަރު
ބަނގުލަދޭޝް ފިރިހެނެއްގެ ވޮލެޓް ފޭރުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރުގައި ކަމަށެވެ. އަދި އެމައްސަލަ އާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލައި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
02 Aug 2024
ޚަބަރު
ހެނބަދޫ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި
ނ. ހެނބަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރަމުންދާ ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އެހެން ފުލުހެއްގެ ސައިކަލެއް ރޯކޮށްލައިފިއެވެ. އެގޮތުން ބުދަ ދުވަހުގެރޭ ފުލުހެއްގެ ސައިކަލުގެ މަޑީގައި ކަޓަރު އެޅުމަށްފަހު، ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެހެން ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައެވެ. އެ ސައިކަލުވަނީ އެއްކޮށް ހަލާކުވެފައެވެ.
01 Aug 2024
ޚަބަރު
އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި އެންމެންގެ ވަނަވަރު ހާމަކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރީގައި ބުދަ ދުވަހުގެ މެންދުރުފަހު ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓަށްފަހު، ފިލައިގެން ދިޔަ ކާރު ޑުރައިވަރުގެ އިތުރުން، އެ ކާރުގައި ތިބި އިތުރު ދެ މީހަކު ހައްޔަރުކޮށް އެންމެންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.
31 Jul 2024
ޚަބަރު
މީހެއްގެ ގައިގައި ކާރުން ޖެހުމުން ފިލި ޑްރައިވަރު ހޯދައި ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ. އޭނާއަކީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.