Advertisement

04 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހެނބަދޫއިން ދެ ފުލުހެއްގެ ސައިކަލަށް ގެއްލުންދިން މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

ނ. ހެނބަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރަމުންދާ ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އެހެން ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި އެ ރަށުން ދެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހެނބަދޫ ސެލްވިޔޯ، އިލްޔާސް އިބްރާހީމާއި އެ ރަށު ހުދުތަރި މުހައްމަދު އިރުޝާދުއެވެ. މި ދެ މީހުންނަކީ ވެސް އުމުރުން 33 އަހަރުގެ ދެ މީހުންނެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރު ކުރި އިތުރު ސަބަބުތަކުގެ ތެރޭގައި، ހެނބަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދިނުން ވެސް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން "އެކްސް" ގައި ހުކުރު ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ހެނބަދޫގައި ޑިއުޓީ އަދާކުރަމުން އަންނަ ފުލުހެއްގެ ސައިކަލަށް ފުރަތަމަ ގެއްލުންދިނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރެއެވެ. އެރޭ ވަނީ ފުލުހެއްގެ ސައިކަލުގެ މަޑީގައި ކަޓަރު އަޅާފައެވެ. އަދި ޖެހިގެން އައި ރޭ ވަނީ އެހެން ފުލުހެއްގެ ސައިކަލު ރޯކޮށްލައިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.