Advertisement

ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަން --

18 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

ކޮޅުމަޑުލު ވޭމަންޑޫގައި ފުުލުުހުން މީހަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ބަލަން ފަށާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ވޭމަންޑޫގައި ފުލުހުން އާއްމު މީހަކަށް އަނިޔާކުރިކަމަށް ބުނާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ވީޑިއޯ އާއި ގުޅޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ވޭމަންޑޫ ޕޮލިސް ސްޓޭޝަން ދޮށުގައި، އެއްވި ޒުވާނުންތަކެއް ވަނީ، މީހަކު ހައްޔަރު ކުރުމުގައި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެމީހާގެ ގައިގައި ފުލުހުން ތަޅައިގަތްކަމަށް ބުނެ އަޑު އުފުލާފައެވެ. މިގޮތުން ހައްޔަރުކުރާ މީހުންނަށް އަނިޔާކުރާކަމަށް ބުނެ ވަކި ފުލުހަކަށް އެމީހުން ތުހުމަތުތައްވެސް ކޮށްފައިވެއެވެ.

ފުލުހުން މީހުން ހައްޔަރު ކުރުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، މީހުންނަށް ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަަލަތައް މީގެ ކުރިންވެސް ފެންމަތި ވެފައިވެއެވެ.

ކޮމެންޓް
އިއްބެ
ފުލުހުންނަށްކިޔަމަންނުވެ ދެކޮޅުހަދާނަމަ މިފަދަކަންކަބް ސިމާވާނރއެވެ
18 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.