މޯލްޑިްވްސް ޕޮލިސް ސަރވިސް
02 Sep 2024
ޚަބަރު
ތަސްލީމް ގެއްލުނު މައްސަލަ: ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަހްޤީޤުކުރަނީ
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، ތަސްލީމް ގެއްލުނު މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ ގެއްލުނު މައްސަލަ މިހާރު ޖިނާޢީ މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށެވެ. އަދި ތަސްލީމް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
02 Sep 2024
ޚަބަރު
ފުލުހުންގެ ޓައިމް ލައިން: ލިބުނު ޖަވާބަށް ވުރެ އުފެދުނު ސުވާލުތައް ވީ ގިނަ!
ފުލުހުން އެންމެ ފުރަތަމަ އަޠުހަރު ހައްޔަރުކުރީ، ފަރުވާއަށް ފަހު އޭޑީކޭން ދޫކޮށްލުމުންނެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާ ހޮޑުލާތީ، އައިޖީއެމްއެޗްއަށް ގެން ގޮސްފަރުވާ ދިނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަޠުހަރު ޝަރީޢަތް ނިމެންދެން ބަންދުޖެހި ޝަރީޢަތުގެ މަޖިލީހަށް އޭނާ ހާޟިރެއް ނުކުރެއެވެ. އަދި ހާޟިރު ނުކުރި ސަބަބެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
02 Sep 2024
ޚަބަރު
އަޠުހަރު މަރުވާން އުޅުނު ހާދިސާގެ ބައެއް މައުލޫމާތު ފުލުހުން ހާމަކޮށްފި
ޤާނޫނީ ވަކީލު ޙަމްޒާ ލަޠީފުވެސް ވަނީ، އެމައުލޫމާތާއި ގުޅިގެން ދޫނިދޫ ކަސްޓޯޑިއަލްއަށް، ނާޑުވާ ހުންނަ ތަކެތި ވެއްދެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި ޖަލުގޮޅީގައި އަޠުހަރު ބަންދުކުރި އިރު، އޭނާގެ ޞިއްޙީ އަދި ނަފްސާނީ ޙާލަތަށް ބަލާފައިވޭތޯ އާއި، ޖަލު ގޮޅީގައި އޭނާ ހުރި އިރު މޮނީޓަރކުރަމުން ދިޔަ ގޮތާއި ގުޅޭ ގޮތުންވެސް ސުވާލުއުފައްދަވާފައިވެއެވެެ.
01 Sep 2024
ޚަބަރު
އަތުހަރުގެ ހާލަތު ވަރަށް ނާޒުކު، ފަރުވާދެނީ ވެންޓިލޭޓަރުގައި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަޠުހަރު އޮތީ، އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. އަދި ދޫނިދޫ ކަސްޓޯޑިއަލްގައި އޭނާ ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާއި ގުޅިގެން، ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނުންނާއި، ހިއުރައިޓްސް ކޮމިޗަން އޮފް މޯލްޑިވްސްއިން އެކަން ބަލައި ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށެވެ.
01 Sep 2024
ޚަބަރު
ފަލަސްޠީނުގެ ހައްޤުތަކަށް ގޮވާލައި މުޒާހަރާކުރި ޝާދިޔާ އާއި ޑރ. ޝަޒްރާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި
އެދެމީހުންގެ ބަންދަށް އިތުރު 5 ދުވަސް ޖެހީ، އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދުމުންނެވެ. އޮގަސްޓް 28 ވަނަ ދުވަހު އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް ފުރަތަމަ އެމީހުންގެ ބަންދަށް ޖަހާފައި ވަނީ، 3 ދުވަހުގެ މުއްދަތެވެ.
01 Sep 2024
ޚަބަރު
ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި: ސީޕީ
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ފުލުހުންނަކީ، އެމީހުންގެ ޒިންމާތައް އަދާކުރުމުގައި ރިސްކު އޮތް ބައެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާގައި، ކުށުގެ ވެށިން އަނިޔާ ލިބުނުމީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރާ ހިތްވަރު ފެނިގެންދާ ކަމެއް ކަމަށެވެ. އަދި ފުލުހުންގެ ބުރަބޮޑު އެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފާއި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެ ހުރިހާ ތައުރީފުތަކާއި ފާޑުކިޔުންތައް ހުރިހާ ފުލުހުން ވެސް ގަބޫލުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.
01 Sep 2024
ޚަބަރު
ފުލުހުންގެ ދުވަހުގެ މުނާޞަބާގައި ރައީސް ތަޙްނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ތަޙްނިޔާގެ މެސެޖުގައި، ވަނީ، ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއިދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރު އަދާކުރައްވާފައެވެ.
01 Sep 2024
ޚަބަރު
އިނަރ މޯލްޑިވްސްއާ އޭސް ޓްރެވަލް އަދި ގަތަރު އެއާވޭސްގެ ކާގޯ އޮފީހުން ވައްކަން ކުރި މީހާ ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިނަރ މޯލްޑިވްސްއާ އޭސް ޓްރެވަލްސް އަދި ގަތަރ އެއާވޭސްގެ ކާގޯ އޮފީހުން ވައްކަކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ރ. މީދޫ، ބުލްބުލާގޭ، އަޒްމީލް އަޙްމަދު (40އ) ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
30 Aug 2024
ޚަބަރު
ރައީސް އޮފީސް ހުންނަ މަގުގެ އިމާރާތްތަަކަކަށް ގެއްލުންދީ ވައްކަންކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ އެމަގުގައި ހުރި 3 އިމާރާތަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.
29 Aug 2024
ޚަބަރު
ރަހީނުކޮށްގެން ގެންގުޅުނު އަންހެންމީހާ ސަލާމަތްކޮށް އައިޖީއެމްއެޗުގައި ފަރުވާދެނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަންހެމީހާ ރަހީނުކޮށްގެން އުޅުނު ފިރިހެންމީހާގެ، އަތްދަށުން އަންހެންމީހާ ސަލާަމަތް ކުރަން ބާރުގެ ބޭނުން ކުރުމުން އެމީހާއަށް އަނިޔާވެފައިވާތީ، އޭޑިކޭ ހޮސްޕިޓަލަށް އެމީހާ ގެންގޮސްފަރުވާދެމުންދާ ކަމަށެވެ.
29 Aug 2024
ޚަބަރު
ޝާދިޔާ އާާއި ޑރ. ޝަޒްރާގެ ބަންދަށް 3 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މ. ބަޑިކުޅިމާގޭ އައިޝަތު ޝާދިއާ (47އ) އާއި ގދ. ރަތަފަންދޫ، ލިލީގޭ ޑރ. ޝަޒްރާ އިބްރާހީމް (36އ) ފުލުހުން ހައްޔަރުކޮށްފައި ވަނީ، ޞުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑު ގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ޢަމަލުކުރުމުގެ އިތުރުން، ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ ޢަމަލުތަކެއް ހިންގަމުން ގެންދިއުމާއި ގުޅިގެންނާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުން ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ގުޅިގެން ކަމަށެވެ.
28 Aug 2024
ޚަބަރު
ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅޭ ތަޙްޤީޤު ކުރިޔަށްދޭ: ފުލުހުން
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ތަޙްޤީޤާއިއެކުގައި، އެމައްސަލަތަކުގައި، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުން ކަމަށެވެ.
27 Aug 2024
ޚަބަރު
ރާއްޖެއިން 80000 ވުރެ ގިނަ ޑޮލަރު ވަގަށް ބޭރު ކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ، އުމުރުން 32 އަހަރުގެ ޝަހްމިން އިސްލާމް ޝަގުރްއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމުން 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
26 Aug 2024
ޚަބަރު
ބީއެމްއެލްގެ ނިންމުމަކީ ބަޣާވާތެއްކުރަން އުޅުންކަމަށް ބަލައިގެން ފުލުހުން މައްސަލަ ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާއި ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ގޮތަށް، ނިންމުމެއް ނިންމި ވަގުތާއި ދިމާކޮށް، ސިޔާސީ ފަރާތްތަކަކުން ސަރުކާރުގެ މާލީ ހަލާތާއި ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާއްމު ހަމަޖެހުން ނަގާލުމަށް ގޮވާލައި، ޤައުމުގެ މަސްލަހަތު ނަގާލުމަށް ހިއްވަރުދީ ހަދާފައި ވާތީ، އެކަމަކީ ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީ ގޮތުން ބަދަލުކޮށްލުމަށް ރޭވިގެން ދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ފަށާފައިވާ ކަމަށެވެ.
22 Aug 2024
ޚަބަރު
ވިއްކަން ހަދާ ގުޅަތަކުގެ މަތީގައި އަޅާފައި އޮތީ ބިދޭސީން އަންނަ ދައު މުންޑު ގަނޑު
އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުުހުންނާއި އެކު ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ބަލައި ފާސްކޮށްފައި ވަނީ، މ. ތްރީ މޫން ގެއެވެ.
21 Aug 2024
ޚަބަރު
ރެޑްވޭވް ފިހާރައިން 200ރ ގެ ސެންޓް ފުޅިއެއް ވަގަށް ނެގި މީހަކު 1 މަހަށް ޖަލަށް ލައިފި
އިއްޔެ ކްރިމިނަލް ކޯޓުން މިޙުކުމް އިއްވާފައި ވަނީ، ޏ. ފުވައްމުލަކު، ހޯދަނޑު އަވަށު، ދުންނިކަގޭ މުހައްމަދު ޙަނީޝް ޙަފީޡުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލީ، އޭނާ ރެޑްވޭވް ފިހާރައިން ވައްކަން ކުުރިތާ ދޮޅު އަހަރު ފަހުން ހުސްވި އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގައެވެ. އޭނާ އެވައްކަން ކުރި ކަމަށް ދައުލަތުން ކޯޓުގައި ބުނެފައި ވަނީ 10 މާރިޗު 2022 ގައެވެ.