Advertisement

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު --

01 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި: ސީޕީ

މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ މީހަކު ރަހީނު ކުރުމުގެ ހާދިސާގައި، ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށްވެސް އަނިޔާވެފައިވާ ކަމުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ހިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ފުލުހުންނަކީ، އެމީހުންގެ ޒިންމާތައް އަދާކުރުމުގައި ރިސްކު އޮތް ބައެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާގައި، ކުށުގެ ވެށިން އަނިޔާ ލިބުނުމީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރާ ހިތްވަރު ފެނިގެންދާ ކަމެއް ކަމަށެވެ. އަދި ފުލުހުންގެ ބުރަބޮޑު އެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފާއި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެ ހުރިހާ ތައުރީފުތަކާއި ފާޑުކިޔުންތައް ހުރިހާ ފުލުހުން ވެސް ގަބޫލުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި، ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރުމަށް، އެއަންހެން މީހާ ރަހީނުކޮށް ހިފަހައްޓައިގެން ހުރި، ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ)ގެ ބޮލުގައި ފުލުސް އޮފިސަރަކު ވަނީ މުގުރަކުން ޖަހައި އޭނާ ބިންމައްޗަށް ވައްޓާލާފައެވެ. އަދި އޭނާ ބިންމައްޗަށް ވެއްޓެމުން ދިޔަ ވަގުތު، އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން އަންހެންމީހާއަށް ހަމަލާދޭން އުޅުމުން އެކަމަށް ހުރަސްއަޅައި ހިފެހެއްޓީވެސް ފުލުސް އޮފިސަރެވެ.

އެރޭގެ ހާދިސާގައި އަންހެން މީހާ ރަހީނުކޮށްގެން އުޅުނު އަޠުހަރަށްވެސް އަނިޔާތަކެއް ލިބުނެވެ. އެއާއެކު އާއްމު ބައެއް ފަރާތްތަކާއި އޭނާގެ އާއިލާ އަދި ސިޔާސީ ބައެއް މީހުންގެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވެގެން ދިޔައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.