Advertisement

ޝާދިޔާ އާއި ޑރ. ޝަޒްރާ -- ފޮޓޯ: ޑރ އިޔާޒް އެކްސްއެކައުންޓް

05 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ޝާދިޔާ އާއި ޑރ. ޝަޒްރާ ބަންދުން ދޫކޮށްލައިފި

ސައޫދީއަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް އުނދަގޫކުރާކަމަށް ބުނެ ފުލުހުން ހައްޔަރުކުރި، އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ކޯޓުން އެ ދެމީހުން ދޫކޮށްލައިފިއެވެ.

ތިންވަނަ ފަހަރަށް ޝާދިޔާ އާއި ޑރ. ޝަޒްރާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޟިރު ކުރުމުން ކޯޓުން ވަނީ ޝަރުޠުތަކާއި އެކު ދެމީހުން ބަންދުން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

ހުސްވި އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، ފުލުހުން އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކުރީ، އިޒްރޭލުން ގައްޒާގައި ހިންގަމުންދާ ޤަޠުލުއާއްމު ހުއްޓުވުމަށް ސަޢޫދީއަރަބިއްޔާއިން އެއްވެސް މަސައްކަތެއް ނުކުރާތީ، އެކަމާއި ގުޅިގެން އިހްތިޖާޖުކޮށް އަޑުއުފުލަމުން ދަނިކޮށެވެ. މިގޮތުން ރާއްޖޭގައި ހުންނަ ސަޢޫދީއެމްބަސީގެ ދޮށުގަޔާއި ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގޭގެ ދޮށުގައި އެމީހުން ވަނީ އިޙްތިޖާޖުކޮށްފައެެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، ޝާދިޔާ އާއި ޑރ. ޝަޒްރާ ހައްޔަރުކުރީ، ޞުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑު ގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ޢަމަލުކުރުމުގެ އިތުރުން، ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ ޢަމަލުތަކެއް ހިންގަމުން ގެންދިއުމާއި ގުޅިގެންނާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުން ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ގުޅިގެން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.