Advertisement

ފުލުހުން އާއްމުކޮށްފައިވާ ފޮޓޯ --

29 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ޝާދިޔާ އާާއި ޑރ. ޝަޒްރާގެ ބަންދަށް 3 ދުވަސް ޖަހައިފި

އިޒްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޤަޠުލު އާއްމާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީ އާއި ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގޭގެ ދޮށުގައި އިހުތިޖާޖު ކުރަމުންދާތީ ހައްޔަރުކުރި، ޝާދިޔާ އާއި ޑރ. ޝަޒްރާގެ ބަންދަށް ކްރިމިނަލްކޯޓުން 3 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މ. ބަޑިކުޅިމާގޭ އައިޝަތު ޝާދިއާ (47އ) އާއި ގދ. ރަތަފަންދޫ، ލިލީގޭ ޑރ. ޝަޒްރާ އިބްރާހީމް (36އ) ފުލުހުން ހައްޔަރުކޮށްފައި ވަނީ، ޞުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑު ގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ޢަމަލުކުރުމުގެ އިތުރުން، ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ ޢަމަލުތަކެއް ހިންގަމުން ގެންދިއުމާއި ގުޅިގެންނާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުން ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ގުޅިގެން ކަމަށެވެ. 

ފުލުހުންގެ އިދާރާއިން އެކަމާއި ގުޅޭ ގޮތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެދެ އަންހެނުން ހައްޔަރުކޮށްފައި ވަނީ އެމީހުންނަށް ތަކުރާރުކޮށް ނަޞޭހަތްތެރިވުމަށް ފަހުގައިވެސް އެމީހުން ހިންގަމުން ގެންދިޔަ ޢަމަލުތައް ހުއްޓާނުލުމުން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

 ފަލަސްޠީނުގައި ހިންގަމުންދާ ޤަޠުލުއާއްމު ހުއްޓުވުމަށް ސަޢޫދީ ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅައި، އަދި އިޒްރާއީލަށް އެހެން ޤައުމުތަކުން ފޮނުވާ ހަމަލާތައް ހުއްޓުވާލަމުންދާއިރު، ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީ ކައިރީގައި، އެމީހުން ވަނީ، ގާޒާގައި ޝަހީދުވަމުންދާ ކުޑަކުދިންގެ ރަމްޒުކޮށްދިނުމަށް ކަފުންކޮށްފައިވާ ކުޑަކުއްޖެއްގެ ރަމްޒަކާއި، ބައެއް އެހެންތަކެތި ބަހައްޓާފައެވެ. އެކަން ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސިފަކުރެއްވީ، ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގޭގެ ދޮށަށް ކުނިއެޅުން ކަމުގައެވެ.

ކޮމެންޓް
އާދަމް
މުސްލިމުންނަށް ލިބެމުންދާ އަނިޔާއާއި ފަލަސްތީނުގައި ހިންގާ ގަތުލު ޢާއްމު ދެކޮޅު ހެދުމަކީ ޖިހާދެކެވެ. ޖިހާދު ކުރާމީހުން ޝަހީދު ކުރުމަށް މުނާފިގު ދައުލަތް ތަކުން ޢަމަލު ކުރުމަކީ އައު ކަމެއްނޫނެވެ.
29 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.