Advertisement

ކްރިމިނަލް ކޯޓު ---

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރެޑްވޭވް ފިހާރައިން 200ރ ގެ ސެންޓް ފުޅިއެއް ވަގަށް ނެގި މީހަކު 1 މަހަށް ޖަލަށް ލައިފި

މާލޭ މަޖީދީމަގުގައި ހުރި ރެޑްވޭވް ފިހާރައިން މީގެ 2 އަހަރު ކުރިން ސެންޓްފުޅިއެއް ވަގަށް ނެގި މީހަކު 1 މަހަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ޙުކުމްކޮށްފިއެވެ.

އިއްޔެ ކްރިމިނަލް ކޯޓުން މިޙުކުމް އިއްވާފައި ވަނީ، ޏ. ފުވައްމުލަކު، ހޯދަނޑު އަވަށު، ދުންނިކަގޭ މުހައްމަދު ޙަނީޝް ޙަފީޡުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލީ، އޭނާ ރެޑްވޭވް ފިހާރައިން ވައްކަން ކުުރިތާ ދޮޅު އަހަރު ފަހުން ހުސްވި އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގައެވެ. އޭނާ އެވައްކަން ކުރި ކަމަށް ދައުލަތުން ކޯޓުގައި ބުނެފައި ވަނީ 10 މާރިޗު 2022 ގައެވެ.

މުހައްމަދު ޙަނީޝް ޙަފީޡުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ، އޭނާ މަޖީދީމަގުގައި ހުންނަ ރެޑްވޭވް މޯލް ފިހާރައިން  ޕެންޑޯރާ ބްރޭންޑްގެ ފްލޯސަމް ސެންޓް ފުޅިއެއް ވަގަށް ނަގާފައިވާ ކަމަށެވެ. އެވައްކަމާއި ގުޅިގެން އޭނާގެ މައްޗަށް ކަނޑައެޅި އަދަބަކީ، 2 މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވީނަމަވެސް، އޭނާ ފުުލުހުންގެ ބަންދުގައި، 35 ދުވަސް ހޭދަކޮށްފައި ވާތީ، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އޭނާ 1 މަހާއި 7 ދުވަހަށް ޖަލަށް ލުމަށެވެ.

ކޮމެންޓް
ދިވެހި ޒުވާނުން
އިތުރު 3 ފުޅި ސެންޓްދީފަ ނަސީހަތްދީފަ މާފުކޮށްފަ ދޫކޮށްލި ނަމަ އޭނަޔަށް މާބޮޑު މެސެޖެއް ދެވޭނެ
21 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.