ކްރިމިނަލް ކޯޓު
01 Jun 2024
ޚަބަރު
ހުޅުމާލޭގައި ސިވިލްކޯޓު ހިންގި އިމާރާތަށް ކްރިމިނަލްކޯޓުގެ ބައެއް ސެކްޝަންތައް ބަދަލުކޮށްފި
ކްރިމިނަލް ކޯޓުން ވިދާޅުވީ، 22 ފެބުރުވަރީ 2023 ގައި ކޯޓުގެ އިމާރާތުން ބައެއް ބޭނުންނުކުރަން ޖޭއެސްސީ އިން އެންގުމާއި ގުޅިގެން، އަދި އޭގެ ފަހުން ކޯޓުގެ އިމާރާތަށް ފެން ފައިބާ ކަރަންޓު ނިޒާމަށް ގެއްލުން ވުމުގެ ސަބަބުން، ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައި ވަނީ 1 ޝަރީޢަތްކުރާ މާލަމުގައި ކަމަށެވެ.
18 Jan 2024
ޚަބަރު
ހުސްވި އަހަރު ކުރިމިނަލް ކޯޓަށް ހުށެއެޅުނު މައްސަލަތައް އިތުރުވި އިރު ނިންމުނު މައްސަލަތައް ވަރަށް ބޮޑަށް ދަށްވެއްޖެ
ކްރިމިނަލްކޯޓުން ވިދާޅުވީ، އެކޯޓަށް ހުށައެޅުނު މައްސަލަތައް 2022 ވަނަ އަހަރަށް ވުރެ 2023 ވަނަ އަހަރު އިތުރުވި ނަމަވެސް، ތާވަލު ކުރެވުނު މައްސަލަތަކާއި ނިންމުނު މައްސަލަތައް ވަރަށް ބޮޑަށް ދަށަށް ދިޔައީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން، ކޯޓުގެ އެއްބައި ހިންގަމުން އައި އިމާރާތް ބޭނުން ނުކުރުމަށް އެންގުމާއި ގުޅިގެން ކަމަށެވެ. އެކަމާއި ގުޅިގެން ކޯޓުގެ ޝެޑިއުލްތަކަށް ބުރޫއަރައި، ކޯޓުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ދަތިތަކެއް ދިމާވި ކަމުގައި އެކޯޓުން ބުންޏެވެ.