ކްރިމިނަލް ކޯޓު --
މަސްތުވާތަކެތީގެ މައްސަލަތަކުަގައި މިދިޔަ އަހަރު 20 މީހަކު އުމުރަށް ޖަލަށްލާފައިވޭ!
މިދިޔަ އަހަރު ކުރިމިނަލް ކޯޓުގައި ހިންގުނު މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވެ 20 މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށް ޙުކުމް އިއްވާފައިވާ ކަމުގައި އެކޯޓުން ހާމަކުރައްވައިފިއެވެ.
ހުސްވި އަހަރު އެކޯޓުން ނިމުނު މައްސަލަތަކާއި ގުޅޭ ގޮތުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި މިދިޔަ އަހަރު 20 މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައި ވާއިރު މަސްތުވާތަކެތީގެ 137 މައްސަލަ މިދިޔަ އަހަރު އެކޯޓުން ނިންމާފައިވާ ކަމަށެވެ. އެކޯޓުން ނިންމި މައްސަލަތަކުގެ ތެރެއިން %95 ދައުވާތަކުގައި، ކުށުގެ ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމުގައިވެސް އެކޯޓުން ހާމަކުރައްވާފައިވެއެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވީ، ކުށް ސާބިތުވި މަސްތުވާތަކެތީގެ ކުށުގެ މައްސަލަތަކުގައި ކުރެވުނު ޖޫރިމަނާގެ އަދަދުވެސް 10 މިލިޔަނަށް އަރާކަމަށެވެ.
ރާއްޖޭގެ ކޯޓުތަކަށް އެންމެ ގިނައިން ހުށައެޅެނީ މަސްތުވާތަކެއްޗާއި އެއާއި ގުޅުން ހުރި ކުށްތަކެވެ.