Advertisement

15 Jul 2024
ޚަބަރު

ފުލުހުންގެ ބަންދަށް ގެންދަން އުޅުނު މީހަކު ފިލަން އުޅެނިކޮށް އަނިޔާވެއްޖެ

ފުލުހުންގެ ބައްދަށް ގެންދަން އުޅުނު މީހަކު ފިލަން އުޅުމުގެ ތެރޭގައި އަނިޔާވެ، އޭނާގެ ހާލު ސީރިއަސް ވެއްޖެއެވެ. މާލޭގައި ހިނގި މި ހާދިސާގައި އޭނާ ވެއްޓިފައިވަނީ ގެއެއްގެ ފުރާޅު މަތިންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެއީ ޑްރަގް ކޯޓުގެ އަމުރަކާ ގުޅިގެން މިއަދުގެ 1 ޖަހާއިރަށް ހާޒިރުކުރަން އުޅުނު 38 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކަށް މިހާރު އައިޖީއެމްއެޗުން ފަރުވާ ހޯދަމުން އަންނަކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ބޮލަށާއި މައިބަދައަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

މި ހާދިސާ ހިނގާދިޔަ ގޮތުން އާއިލާގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާ ހިއްސާކޮށްފައިވާތީ، އެ އެކަން ބެލުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި އެޗްއާރުސީއެމްގައި ވެސް އެދިފައިވާނެ ކަމަށް، ފުލުހުންގެ ފަރާތުން މައުލޫމާތު ދިން އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި އާއިލާއިން ކަންބޮޑުވުން ފާޅުކުރީ، އެ މީހާއަށް އަނިޔާވުމުން ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ކަސްޓޯޑިއަލް އަށް ގެންދިއުމުންނެވެ. ނަމަވެސް އޭނާ ވަނީ އޭގެ ފަހުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މިހާރު އޭނާގެ އޮޕަރޭޝަނެއް ކޮށްފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އޮޕަރޭޝަން ކުރީ ސީދާ ކޮން އަނިޔާއަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ކޮމެންޓް
ޙަސަނުގެ ދަރި
ތިޔައީ އަމިއްލއަށް ބުއި ބޮނޑިއެއްނު ބައެއް ނޫސް ތަކުގަ ލިޔެފަ ހުރީ ހައްޔަރު ކުރަން އުޅުމުގެ ތެރޭގަ އަނިޔާވީ ކަމަށް ތިކަލޭގެ ފިލަން ފުރާޅަށް އަރާ ފުމުނީމަތާ އަނިޔާވީ.
15 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.