Advertisement

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ބަދަލުކުރި، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަން ޢިމާރާތް -- ފޮޓޯ: ނޫން.އެމްވީ

01 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގައި ސިވިލްކޯޓު ހިންގި އިމާރާތަށް ކްރިމިނަލްކޯޓުގެ ބައެއް ސެކްޝަންތައް ބަދަލުކޮށްފި

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތަށް ކުރިމިނަލް ކޯޓުގެ ބައެއް ސެކްޝަންތައް ވަގުތީ ގޮތުން ބަދަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވިދާާޅުވީ، ހުޅުމާލެ ފޭސް 1 ގައި، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތަށް، މާދަމާއިން ފެށިގެން 6 ސެކްޝަނެއްގެ މަސައްކަތް ބަދަލުކޮށްފައިވާ ކަމަށެވެ. މިގޮތުން، އެ އިމާރާތުގައި ހުރި ޝަރީޢަތްކުރާ 03 މާލަމުގައި، ކްރިމިނަލް ކޯޓުގެ B2, B3, B5, B8, B10 އަދި B11 މި 06 ސެކްޝަންގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ. އަދި މި އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް އެކޯޓުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ، 22 ފެބުރުވަރީ 2023 ގައި ކޯޓުގެ އިމާރާތުން ބައެއް ބޭނުންނުކުރަން ޖޭއެސްސީ އިން އެންގުމާއި ގުޅިގެން، އަދި އޭގެ ފަހުން ކޯޓުގެ އިމާރާތަށް ފެން ފައިބާ ކަރަންޓު ނިޒާމަށް ގެއްލުން ވުމުގެ ސަބަބުން، ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައި ވަނީ 1 ޝަރީޢަތްކުރާ މާލަމުގައި ކަމަށެވެ. އެހެެންނަމަވެސް ވަގުތީ ގޮތުން މިގެނެވުނު ބަދަލާއި ގުޅިގެން ކޯޓުގެ ބައެއް ސެކްޝަންތައް ހުޅުމާލެއަށް ބަދަލުކުރުމުން، މާލޭގައި ހުރި ކޯޓުގެ އިމާރާތުން ޝަރީޢަތްކުރާ 03 މާލަން ހުސްކުރެވިފައި ވާކަމަށާއި، އެހެންކަމުން، މިވަގުތު ހުޅުމާލެ މާލަންތަކާއެކު ޖުމްލަ 6 މާލަން ޝަރީއަތްކުރުމަށް ބޭނުން ކުރެވޭނެ ކަމުގައިވެސް އެ ކޯޓުން ވިދާޅުވިއެވެ.

އަދި މި 6 މާލަން 11 ޤާޟީންގެ މެދުގައި އެކިދުވަސްތަކަށް ބަހާލައިގެން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދުވަސްވީ މައްސަލަތަކާއި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ނިންމާފައިވާކަމުގައިވެސް އެކޯޓުން ވިދާޅުވިއެވެ.

އެކޯޓުން ވިދާޅުވީ، ވޭތުވެ ދިޔަ ދޮޅު އަހަރެއްހައި ދުވަސްތެރޭގައި ކޯޓުގެ އެންމެ މާލަމެއްގައި ޝަރީޢަތްތައް ކުރިއަށް ގެންދެވުނު ނަމަވެސް، އެ މުއްދަތުގެ ތެރޭގައި 2934 މީހުންގެ ބަންދާމެދު ގޮތެއް ނިންމައި، 2193 ތަފާތު އެކި ކޯޓު އަމުރުތައް ދޫކޮށް، އަދި 520 ޤަޟިއްޔާ ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.