Advertisement

ކުރިމިނަލްކޯޓުގެ ކުރީގެ އިމާރާތް --

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ހުސްވި އަހަރު ކުރިމިނަލް ކޯޓަށް ހުށެއެޅުނު މައްސަލަތައް އިތުރުވި އިރު ނިންމުނު މައްސަލަތައް ވަރަށް ބޮޑަށް ދަށްވެއްޖެ

ހުސްވި 2023 ވަނަ އަހަރު ކުރިމިނަލް ކޯޓަށް ހުށައެޅުނު މައްސަލަތައް އިތުރުވިއިރު، ނިމުނު މައްސަލަތަކުގެ އަދަދު %55 ދަށްވެއްޖެއެވެ.

ކްރިމިނަލްކޯޓުން ވިދާޅުވީ، އެކޯޓަށް ހުށައެޅުނު މައްސަލަތައް 2022 ވަނަ އަހަރަށް ވުރެ 2023 ވަނަ އަހަރު އިތުރުވި ނަމަވެސް، ތާވަލު ކުރެވުނު މައްސަލަތަކާއި ނިންމުނު މައްސަލަތައް ވަރަށް ބޮޑަށް ދަށަށް ދިޔައީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން، ކޯޓުގެ އެއްބައި ހިންގަމުން އައި އިމާރާތް ބޭނުން ނުކުރުމަށް އެންގުމާއި ގުޅިގެން ކަމަށެވެ. އެކަމާއި ގުޅިގެން ކޯޓުގެ ޝެޑިއުލްތަކަށް ބުރޫއަރައި، ކޯޓުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ދަތިތަކެއް ދިމާވި ކަމުގައި އެކޯޓުން ބުންޏެވެ.

ކޯޓުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، 2023 ވަނަ އަހަރު އެކޯޓަށް 854 މައްސަލަ ހުށައެޅުނެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 64 މައްސަލަ އިތުރު އަދަދެކެވެ. ހުސްވި އަހަރު ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނީ، 7242 މައްސަލައެވެ. އެއީ އޭގެ ކުރީއަހަރާއި އަޅާބަލާއި %43 މަދު އަދަދެކެވެ. އަދި 2023 ވަނަ އަހަރު އެކޯޓުގައި ނިންމުނީ، 497 މައްސަލައެވެ. އެއީ އޭގެ ކުރީއަހަރާއި އަޅާބަލާއި %55 މަދު އަދަދެކެވެ.

ކުރިމިނަލް ކޯޓުގެ މަސައްކަތްތަކަށް ބުރޫ އެރީ، ތީމުގޭ ފުރަގަހުން ހުންނަ އެކޯޓުގެ އިމާރާތް ބާވެ، އެއިމާރާތް ބޭނުންކުރުން ރައްކާތެރިކަމަކަށް ނުވާތީ އެއިމާރާތް ހުސްކުރަން ޖެހުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.