Advertisement

ޙަސަން މަމްދޫޙް ( މަންޑޭ)

31 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

މަންޑޭއަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށައިފި

ކޭ ޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ދައުލަތުން، ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތްތައް ފަށައިފިއެވެ.

މަކަރާއި ހީލަތުން އެތައް މިލިޔަން ރުފިޔާއެއް އެތައް ބައެއްގެ އަތުން ހޯދުމުގެ ކުށުގައި، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 200 ވުރެ ގިނަ ދައުވާ އުފުލޭނެ ކަަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ހުސްވި އަހަރުގެ ނޮވެމްބަރު މަހުގައި ވިދާޅުވެފައި ވެއެވެ. މަންޑޭގެ މައްޗަށް މިހާތަނަށް 100އަށް ވުރެ ގިނަ ދައުވާ އުފުލާފައި ވާއިރު، އެދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޓެކުމުގެ 50 ދައުވާއަކާއި، އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދަޢުވާއަކާއި، ސައްހަ ނޫން ލިޔުމެއް ދޫކުރުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރ ކުރުމުގެ ދައުވާއެކެވެ.

މިއަދު ކުރިމިނަލްކޯޓުގައި ޝަރީއަތްފަށާފައި ވަނީ، މިމައްސަލައިގައި ދެން ޕީޖީން ދައުވާކޮށްފައިވާ، ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއިވެސް އެކުގައެވެ. މަންޑޭ އާއި ޖައިޝަންއަކީ މަކަރާއި ހީލަތް ހެދުމުގައި އެކުގައި މަސައްކަތްކޮށްފައިވާ ދެމީހުންނެވެ. ޖައިޝަންގެ މައްޗަށްވެސް ޖުމުލަ 95 ދައުވާއެއް ޕީޖީން ހުށައަޅާފައިވެއެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ، މައްސަލައިގައި ތުހުމަތު ކުރެވިފައިވާ ދެ ފަރާތަަށްވެސް ވަކީލުން ޢައްޔަނުކުރުމަށް ފުރުޞަތު ދީފައެވެ. 

މަންޑޭގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކުގަައި ފުލުހުން ވަނީ އޭނާގެ ދިރިއުޅޭ ތަން ބަލައި ފާސްކޮށް އަގުބޮޑު ބައެއް މުދަލާއި ތަކެތިވެސް ގެންގޮސް ފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.