Advertisement

17 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ފުލުހުންގެ ބަންދުން ފިލަން އުޅުނު މީހާ ވެންޓިލޭޓަރުގައި

ފުލުހުންގެ ބައްދަށް ގެންދަން އުޅެނިކޮށް ފިލަން އުޅުމުގެ ތެރޭގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ. 

އެމީހާއަކީ ޑްރަގް ކޯޓުގެ އަމުރަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ 1 ޖަހާއިރަށް ހާޒިރުކުރަން އުޅުނު 38 އަހަރުގެ ފިރިހެނެކެވެ. 

އާއިލާ އިން ހިއްސާ ކުރި ކަމަށް “މިހާރު” ނޫހަުން ބުނެފައިވަނީ، އަނިޔާވި ވަގުތުން ފެށިގެން ހޮސްޕިޓަލާ ހިސާބަށް އެމީހާ ގެންދިއުމަށް 1 ގަޑި އިރާ 50 މިނެޓު ހޭދަވެފައިވެއެވެ. އެގޮތުން އެމީހާ އެގޭގެ ފުރަތަމަ ފަންގިފިލާއިން މެންދުރުފަހު 2:30 ހާއިރު ވެއްޓިފައިވާ އިރު، އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެ ދުވަހުގެ ހަވީރު 4:20 ގައެވެ. 

އާއިލާއިން ހާމަކޮށްފައިވާ ގޮތުން، އޭނާޔަށް އަނިޔާވުމުން ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ފުރަތަމަ ގެންގޮސްފައިވަނީ ފުލުހުންގެ ހައްޔަރަށެވެ. 

ހޮސްޕިޓަލަށް ގެންދިއުމުން، ސިކުނޑިއަށް ލޭ އެޅިފައިވާތީ ހަމަ އެ ދުވަހު އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އަދި ދެން އަނިޔާވެފައި ވަނީ އޭނާގެ މައިބަދައަށެވެ. މައިބަދަ އަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ދެވޭނީ ހާލަތު ސްޓޭބަލް ވުމުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާދިޔަ ގޮތުން އާއިލާގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާ ހިއްސާކޮށްފައިވާތީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދިން އޮފިޝަލް ވަނީ ހޯމަދުވަހު ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.