Advertisement

21 Jul 2024
ޚަބަރު

ދައުލަތުގެ އިސްމަގާމެއްގައި ހުރެ ރިޝްވަތު ނެގިކަން ސާބިތުވުމުން ހުކުމްކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް ހެޑްގެ ގޮތުގައި ހުރެ ހ. ސަމާހިލް، ހައިލަމް މުހައްމަދު ރިޝްވަތު ނެގި ކަމަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް  ޖުމްލަ 379،644 ރުފިޔާ އިން ޖޫރިމަނާކޮށް، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހައިލަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާއެކެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތިން ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެކެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ބުނާގޮތުން، އޭނާ ވަނީ އޭނާއާ ގުޅުން އޮތް ކުންފުނިތަކަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، މަސައްކަތްތަކެއް ހަވާލުކޮށްފައެވެ. އެގޮތުން ޑީޖޭއޭއަށް ބޭނުންވާ އޭސީއާއި، އޭސީ މަރާމާތުގެ ހުރިހާ މަސައްކަތެއް ކުރުމަށް އެއް ބަޔަކު ހިމެނޭ ކުންފުނިތަކަކުން ކޯޓޭޝަން ހުށަހެޅުމުން، އޭނާ ވަނީ މިތަނުން އެއް ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައެވެ.

އަދި މިތަނުން އެއް ކުންފުންޏެއްގެ އެކައުންޓުން ހައިލަމްގެ އެކައުންޓަށް 5،000ރ. ޖަމާކޮށްފައިވާކަމަށް ދައުލަތުން ހުށަހެޅި ދައުވާގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހައިލަމް ވަނީ ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާއަށް ވެސް އިއުތިރާފުވެފައެވެ.

އެހެންކަމުން އޭނާގެ މައްޗަށް ސާބިތުވި ރިޝްވަތުގެ ދައުވާއަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކަނޑައެޅި އަދަބަކީ 56،000ރ. އިން ޖޫރިމަނާކޮށް 40 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމެވެ.

މީގެ އިތުރުން، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ އަދަބެއްގެ ގޮތުގައި 82،200ރ. އިން ޖޫރިމަނާކޮށް 120 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށް ހުކުމް ކުރިއެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގައި 241،244ރ. އިން ދެއްކުމަށް ހުކުމްކޮށްފައިވެއެވެ.

މި ހުކުމްތަކާ ގުޅިގެން، ކުރިޔަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ޖުމްލަ 379،644ރ. އޭނާ ދައުލަތަށް ދައްކަންޖެހޭނެއެވެ.

ކޮމެންޓް
އިއްބެ
އެކަހަލަމީހުންނޭ އަޑުގަދަކޮށް ފާޑުފާޑުގެބަޔާންދީއެއުޅެނީ
21 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.