Advertisement

ލ. އިސްދޫ ބީޗް ހައުސް، ޙަސަން ސަމާޙް (23އ) --

06 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އެކްސިޑެންޓްގައި ނިޔާވި ޒުވާނާގެ ޖަނާޒާ މިރޭގެ މަޣުރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި

ރޭ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހިނގި އެކްސިޑެންޓްގައި ނިޔާވި، ޒުވާނާގެ ޖަނާޒާ މިރޭގެ މަޤުރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވީ، ލ. އިސްދޫ ބީޗް ހައުސް، ޙަސަން ސަމާޙް (23އ)އެވެ. އާއިލާ އިން ހާމަކޮށްފައިވާ ގޮތުގައި، ސަމާޙްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ، މިއަދުގެ މަޣުބު ނަމާދަށް ފަހު، މަސްޖިދުއް ޒައިދުބިން ޘާބިތު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލާނީ ހުޅުމާލެ ސަހަރާގައެވެ.

ސަމާޙް ނިޔާވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި މެރެތަންއެއްގައި ބައިވެރިވުމަށް އިތުރު މީހަކާއި އެކު ސައިކަލުގައި އެސަރަހަށްދަށް ދަނިކޮށް، އޭނާ ދުއްވި ސައިކަލުގައި، ބާރު ސްޕީޑުގައި ދުއްވާފައި އައި ސްޕޯޓް ކާރަކުން ޖެހުމާއި ގުޅިގެންނެވެ. ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ ރޭގެ 2:48 ގައެވެ. ސަމާޙް ނިޔާވީ އޭނާއަށް ލިބުނު ޒަޚަމްތަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އެކްސިޑެންޓް ހިނގި އިރު ސަމާހުގެ ފަހަތުގައި ސައިކަލުގައި އިން ޒުވާނާއަށް މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ވިއެވެ. 

މިއެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވި 26 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށް މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.