Advertisement

ައަޠުހަރު

01 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އަތުހަރުގެ ހާލަތު ވަރަށް ނާޒުކު، ފަރުވާދެނީ ވެންޓިލޭޓަރުގައި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި އާދަމް އަޠުހަރަށް ފަރުވާދެމުން ގެންދަނީ، ވެންޓިލޭޓަރުގައި ބާއްވައިގެން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަޠުހަރު އޮތީ، އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. އަދި ދޫނިދޫ ކަސްޓޯޑިއަލްގައި އޭނާ ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާއި ގުޅިގެން، ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނުންނާއި، ހިއުރައިޓްސް ކޮމިޗަން އޮފް މޯލްޑިވްސްއިން އެކަން ބަލައި ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށެވެ.

އަޠުހަރު ހައްޔަރުކޮށްފައި ވަނީ، ބުރާފަސްތި ދުވަހުގެ ރޭގައި މާލޭގައި އަންހެނަކު ރަހީނުކޮށް، މަރާލާނެ ކަމަށް ބުނެ ބިރުދައްކަމުން ދަނިކޮށެވެ. އޭނާގެ އަތްދަށުން އަންހެންމީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތުގައި އަޠުހަރަށްވެސް އަނިޔާވިއެވެ. އަދި އެނާއަށް އޭޑީކޭ ހޮސްޕިޓަލާއި، އައިޖީއެމް ހޮސްޕިޓަލްގައިވެސް ފަރުވާ ދިނެވެ. 

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އަޠުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައި ވަނީ އޭނާ ދޫނިދޫ ކަސްޓޯޑިއަލްގައި ބަހައްޓާފައި ހުއްޓައެވެ. ރަހީނުކުރުމުގެ ހާދިސާގެ ތެރޭގައި ފުލުހުން ޢަމަލުކުރި ގޮތަށްވެސް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒު ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.