Advertisement

ފުލުހުންގެ އިދާރާ --

26 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބީއެމްއެލްގެ ނިންމުމަކީ ބަޣާވާތެއްކުރަން އުޅުންކަމަށް ބަލައިގެން ފުލުހުން މައްސަލަ ބަލަންފަށައިފި

ބީއެމްއެލްގެ ނިންމުމަކީ ބަޣާވާތެއްކުރަން އުޅުންކަމަށް ބަލައިގެން ފުލުހުން މައްސަލަ ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާއި ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ގޮތަށް، ނިންމުމެއް ނިންމި ވަގުތާއި ދިމާކޮށް، ސިޔާސީ ފަރާތްތަކަކުން ސަރުކާރުގެ މާލީ ހަލާތާއި ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާއްމު ހަމަޖެހުން ނަގާލުމަށް ގޮވާލައި، ޤައުމުގެ މަސްލަހަތު ނަގާލުމަށް ހިއްވަރުދީ ހަދާފައި ވާތީ، އެކަމަކީ ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީ ގޮތުން ބަދަލުކޮށްލުމަށް ރޭވިގެން ދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ފަށާފައިވާ ކަމަށެވެ.

މިހާރު ޕީއެންސީގެ ހަރުގޭގައި ކުރިޔަށް ގެންދާ ހަރުގެ ޖަލްސާގައި، ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވަނީ، ބޭންކުގެ ސީއީއޯ، އަދި މެނޭޖިން ޑައިރެކްޓަރ ކާރލް ސުޓުމްކް ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އިއްޔެއިން ފެށިގެން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން ދަނީ، ބީއެމްއެލްގެ ބޯޑުގައި ތިއްބެވި މެމްބަރުން އުޅުއްވީ، އެމްޑީޕީއާ އާއި ގުޅިގެން ބަޣާވާތެއް ގެންނަން ކަމުގައި ބުނެ އެބޯޑުގެ މެމްބަރުން ވަކިކުރުމަށް ގޮވާލަމުންނެވެ.

ބީއެމްއެލްއިން އިއްޔެ ވަނީ، އެބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ޑޮލަރުން މުއާމަލާތް ކުރުމަށް ދީފައިވާ އެލަވަންސްތައް ދިނުން ހުއްޓާލުމަށް ނިންމައި އެކަން އިޢުލާނުކޮށްފައެވެ. އެކަމާއި ގުޅިގެން ސަރުކާރުން ޕްރެޝަރުކޮށްގެން އެނިންމުން ހަމަ އިއްޔެ ވަނީ ބޭންކުން ބަދަލުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.