Advertisement

މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ---

02 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ތަސްލީމް ގެއްލުނު މައްސަލަ: ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަހްޤީޤުކުރަނީ

މިމަހުގެ 29 ވަނަ ދުވަހު، މާލެ އަތޮޅު ހުވަފެންފުށި ރިޒޯޓުކައިރީގައި ހިއްކާފައި އޮތް ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް, މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލުނު މައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަން ފަށާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، ތަސްލީމް ގެއްލުނު މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ ގެއްލުނު މައްސަލަ މިހާރު ޖިނާޢީ މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށެވެ. އަދި ތަސްލީމް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ތަސްލީމް ގެއްލުނު ކަމަށް ރިިޕޯޓް ކުރި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުންވެސް ވިދާޅުވީ، ތަސްލީމު ގެއްލުނީ މޫދަށް ކަމެއް ޔަޤީން ނުވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ދަތުރު ދިޔަކަމަށް ބުނާ ފަސްގަނޑުގެ ވަށައިގެން މޫދު ސަރަހައްދުގެ 5000 މީޓަރާއި އަދި 3000 މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. 

ތަސްލީމަކީ، މާލޭ ސިޓީ ކައުންސިލްގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. ތަސްލީމް ގެއްލުނުކަމަށް ބުނާ ދަތުރުގައި އޭނާ އާއިއެކު ދިޔައީ ކޮންބައެއް ކަމެއް މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.