މޯލްޑިްވްސް ޕޮލިސް ސަރވިސް
މޯލްޑިްވްސް ޕޮލިސް ސަރވިސް
21 Jan 2025
ޚަބަރު
އިންޑިއާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާދޭކަމަށް ބުނާ މައްސަަލަތަކެއް ބަލަނީ
ފުލުހުންގެ އިދާރާއިން ވަނީ، މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ.
21 Jan 2025
ޚަބަރު
ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯސް އައްޑޫގައި ފަށައިފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ އަސާސީ ތަމްރީނު ކޯހުގައި 210 ފުލުހުން ބައިވެރިވެފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުންކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
15 Jan 2025
ޚަބަރު
ސްޓެލްކޯގެ މުވައްޒަފަށް ހަމަލާދިން މީހާގެ ވަނަވަރު ހާމަކޮށްފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އެމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ށ، ބިލެތްފަހި، ޗަނބޭލިގޭ އުމުރުން 37 އަހަރުގެ އިބްރާހީމް ޛާލިފް އެވެ. ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވާ ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައި ވަނީ ރޭގެ 21:45 ހާއިރުގައެވެ.
15 Jan 2025
ޚަބަރު
ްްްއެކްސިޑެންޓްވުމުން ސީންއިން ފިލި މީހަކު ހޯދައި ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިއްޔެ ހުޅުމާލޭ ނިރޮޅުމަގުން ކެއާ ޕްލަސްކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުންޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
15 Jan 2025
ޚަބަރު
އެކްސިޑެންޓެއްގައި މޯލްޑިވިއަންގެ އަންހެން މުވައްޒަފަކަށް އަނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު، 16:20 ހާއިރުގައި ކަމަށެވެ. މިއެކްސިޑެންޓް ހިނގާފައި ވަނީ، ވެލާނާ އެއާޕޯޓުގެ ޕޭ ޕާކިން ޒޯން އިން ނުކުތް ސައިކަލެއް، އެއާޕޯޓުން ނުކުންނަށް ދިޔަ ކާރެއްގައި ޖެހިގެންނެވެ.
15 Jan 2025
ޚަބަރު
ޒަޚަމްތަކަކާއި އެކު މަގުމަތީގައި އޮތް މީހަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސެނަހިޔާ ހޮސްޕިޓަލު ކައިރިއަށް ޒަޚަމްތަތަކާއި އެކު ވެއްޓިފައި އޮއްވައި ފެނިފައި ވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
10 Jan 2025
ޚަބަރު
ސައުތު ކޭޓަރިންގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ބަލަންފަށައިފި
ސައުތުގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ އެމައްސަލަ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން މިހާރު ދަނީ ބަލަމުން ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ސައުތުގެ ބައެއް މުވައްޒަފުން ނޫސްވެރިންނަށް މައުލޫމާތުދީފައިވާ ގޮތުގައި އެކުންފުނީގެ އާއްމު ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ މިހާރު ވަނީ 6 މަހަށްވުރެ ގިނަ ދުވަސް ވެފައެވެ. އެކަމާއި ގުޅިގެން ސައުތުގެ ބައެއް މުވައްޒަފުން ވަނީ، މިއަދު އިހްތިޖާޖުވެސްކޮށްފައެވެ.
10 Jan 2025
ޚަބަރު
ލޯންޗަކުން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އދ. ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ބޭރުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗަކުން ޖެހި އޭނާއަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ނިޔާވެފައިވާ ކަމަށެވެ. މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 10:00 ހާއިރުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
08 Jan 2025
ޚަބަރު
ރަޖުނީއަށް ފްލެޓް ލިބުމުގައި ގޯހެއް ނެތްކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެޑް އޮފް އިކޮނޮމިކް ކްރައިމްގެ މަގާމު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބަށް، ވިނަރެސް ހައުސިންގ މަޝްރޫއުން އުސޫލާ ހިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އާންމު މީޑިއާގައި ފެތުރުނު މަޢުލޫމާތާ ގުޅިގެން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު، މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް، ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ބަލާފައިވާ ކަމަށެެވެ. އަދި އެކަމާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
08 Jan 2025
ޚަބަރު
ޚިޔާނާތުގެ ތުހުމަތުވާ އޮފިސަރަކު ރިޓަޔާކޮށްފައެއް ނުވޭ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންގެ މައްޗަށް ކުރެވޭ ޚިޔާނާތާއި މަނީ ލޯންޑަރިން އަދި ރިޝްވަތުގެ 400 މިލިޔަން ރުފިޔާގެ މައްސަލައެއް މި ހުސްވި އަހަރުގެ އޮގަސްޓް މަހުންފެށިގެން ބަލަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވީ އިއްޔެއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރެއް މިހާތަނަށްވެސް ފުލުހުންގެ އިދާރާއިންނާއި އަދި ކަސްޓަމްސްއިންވެސް ހާމަކުރައްވާފައެއް ނުވެއެވެ.
07 Jan 2025
ޚަބަރު
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހެއްގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއަދު މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ، މ. ތަރިވިލާގޭ ހުސައިން އަހުމަދު، (41އ) އެވެ. އައިޖީއެމްއެޗަށް ގެނައި މީހަކު މަރުވެފައި އޮވެގެން އެކަން އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު، 9:53 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
22 Nov 2024
ޚަބަރު
މީހަކު ހުޅުމާލެ ސަހަރާ މިސްކިތަށް އަރައި މުދިމަށް ވަޅިން ހަމަލާދޭން އުޅެފި
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، މިހާރު އެމީހާ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އެމީހާ ފުރަތަމަ މިސްކިތަށް އަރައި ހަމަލާދޭން އުޅުމުން މިސްކިތުގައި ތިބި މީހުން އެމީހާ ހުއްޓުވާފައިވާ ކަމަށާއި، މިސްކިތުން ނުކުތުމަށްފަހު އޭނާ ވަނީ، މަގުމަތިން އޭނާ ހުއްޓުވި ފުލުސް މީހާއަށްވެސް ވަޅި ހަމަލާދޭން މަސައްކަތްކޮށްފައި ކަމުގައި ޝިފާން ވިދާޅުވިއެވެ.
14 Nov 2024
ޚަބަރު
ލޯބިވެރިޔާ ބްލެކްމެއިލް ކުރުމުގެ ކުށުގައި 19 އަހަރުގެ ފުލުހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިއްޔެ ހައްޔަރުކޮށްފައި ވަނީ، އއ. މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުން އައި، އެރަށު ފަޒާ ޒައިދާން މުޙައްމަދު ކަމަށެވެ. އަދި އޭނާއަކީ ފުލުހުންގެ އަސާސީ ތަމްރީން ނުހަދައިހުރި ރެކްރޫޓް ފުލުހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.
09 Nov 2024
ޚަބަރު
އައްޑޫ ޒުވާނެއްގެ މަރާއި ގުޅިގެން ސުވާލުތަކެއް އުފެދިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނިޔާވެފައިވާ އެ ޒުވާނާ އަކީ، އެއްވެސް މައްސަލައެއްގެ ހެކިވެރިއެއްގެ ގޮތުގައި ގެނެސްފައިވާ މީހެއް ނޫންކަމަށާއި، އަދި ތުހުމަތު ކުރެވޭ މައްސަލައެއްވެސް އޮތް މީހެއް ނޫންކަމަށެވެ.
08 Nov 2024
ޚަބަރު
ގޭންގުތަކަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓަރ
މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ހިޔާޓަވަރެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅޭކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން އެމީހާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނަށް ފަހުގައި، ރާއްޖޭގެ މީޑިއާތަކަށް ދެއްި ބަސްދީ ގަތުމުގައެވެ.
07 Nov 2024
ޚަބަރު
ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ ސެލޫންނެއް ބަލައި ފާސްކޮށް ފަސް މީހުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުންނެވެ.