Advertisement

ފުލުހުންގެ އިދާރާ --

22 Nov 2024
ޚަބަރު

މީހަކު ހުޅުމާލެ ސަހަރާ މިސްކިތަށް އަރައި މުދިމަށް ވަޅިން ހަމަލާދޭން އުޅެފި

ހުޅުމާލެ ސަހަރާ މިސްކިތުގައި މިރޭ މަޣުރިބު ނަމާދު ނިމުނުތަނާ މީހަކު ވަޅި ހިފައިގެން މިސްކިތަށް އަރައި މުދިމަށް ހަމަލާދޭން އުޅެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، މިހާރު އެމީހާ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އެމީހާ ފުރަތަމަ މިސްކިތަށް އަރައި ހަމަލާދޭން އުޅުމުން މިސްކިތުގައި ތިބި މީހުން އެމީހާ ހުއްޓުވާފައިވާ ކަމަށާއި، މިސްކިތުން ނުކުތުމަށްފަހު އޭނާ ވަނީ، މަގުމަތިން އޭނާ ހުއްޓުވި ފުލުސް މީހާއަށްވެސް ވަޅި ހަމަލާދޭން މަސައްކަތްކޮށްފައި ކަމުގައި ޝިފާން ވިދާޅުވިއެވެ.

ފުލުހުން އެމީހާ ހައްޔަރުކޮށްފައި ވަނީ، ހުޅުމާލެ ސަހަރާ މަގުންނެވެ. ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރު ކުރި މީހާއަކީ، އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުުލުހުން އޭނާ ހައްޔަރު ކުރި ވަގުތު ނަގާފައިވާ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާަގައި ދައުރުވަމުން އަންނައިރު އެވީޑިއޯގައި ތިމަންނާއަކީ ނަފްސާނީ ބަލި މީހެކޭ އޭނާ ބުނާއަޑު އިވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ،

ކޮމެންޓް
ގަލަން
ތަހުގީގު ކުރާނެކަމެށްނެތް ނަފްސާނިއްޔޭ ކިޔާފަ ދޫކޮއްލާ
22 Nov 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.