Advertisement

ލޯންޗު ދުއްވި ޑްރައިވަރުން --

27 Jan 2025
ޚަބަރު

ދެ އަހަރު ކުރިން ކަނޑުމަތީ އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި ފުލުހުން ތަޙްޤީޤު ނިންމައި ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

2023 އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު “ސަސް އީ ސްޕީޑް” ލޯންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލައިގައި އެ ދެލޯންޗު ދުއްވި ޑްރައިވަރުންނަށް ދައުވާކުރުމަށް މައްސަލަ ޕީޖީއަށް ފޮނުވައިފިއެވެ.

މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ. ނޮޅިވަރަމް / ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) އެވެ. މި ދެ މީހުންނަކީ އެ ދުވަހު އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި މީހުންނެވެ.

ހާދިސާ ހިނގިތާ 2 އަހަރުވާން ގާތްވެފައި ވަނިކޮށް އަލުން މައްސަަލަ ޕީޖީއަށް ފޮނުވާފައި ވަނީ، ޕީޖީން އެމައްސަލަ އިސްލާޙްކޮށް އަލުން ފޮނުވުމަށް އެންގިތާ ދޮޅު އަހަރު ފަހުންނެވެ. ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި އެމައްސަލަ އެންމެ ފުރަތަމަ ތަޙްޤީޤުކޮށް ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ، އެކްސިޑެންޓް ހިނގިތާ އެއްމަސް ފަހުން، 2023 ޖޫން 4ގައެވެ. އެހެން ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުުވުމަށްފަހު ދެ ވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

“ސަސް އީ ސްޕީޑް” ލޯންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 52 އަަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ 18:15 އެހާކަންހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.