Advertisement

ށ، ބިލެތްފަހި، ޗަނބޭލިގޭ އުމުރުން 37 އަހަރުގެ އިބްރާހީމް ޛާލިފް -- ފޮޓޯ: ޕޮލިސް

15 Jan 2025
ޚަބަރު

ސްޓެލްކޯގެ މުވައްޒަފަށް ހަމަލާދިން މީހާގެ ވަނަވަރު ހާމަކޮށްފި

ހުޅުމާލެ ފޭސް 2 ގައި ބަހައްޓާފައި ހުރި، ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ހިފެހެއްޓުމުން ސްޓެލްކޯގެ މުވައްޒަފަކަށް ހަމާލާދިން މީހާ ހައްޔަރުކޮށް ފުލުހުން އޭނާގެ ވަނަވަރު ހާމަކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އެމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ށ، ބިލެތްފަހި، ޗަނބޭލިގޭ އުމުރުން 37 އަހަރުގެ އިބްރާހީމް ޛާލިފް އެވެ. ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވާ ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައި ވަނީ ރޭގެ 21:45 ހާއިރުގައެވެ.

ހުޅުމާލެ ފޭސް ދޭއްގެ ރީތިގަސްމަގު ބުރިޖު ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅެނިކޮށް އޭނާ ހިފެހެއްޓުމުން އެތަނަށް ދިޔަ ސްޓެލްކޯގެ މުވައްޒަފަކަށް އޭނާ ވަނީ ރެންޗަކުން ހަމަލާދީ ބުމަމަތި ފަޅާލާފައެވެ.

ވައްކަން ކުރުމާއި މާރާމާރީ ހިންގުމުގެ މައްސަލަ ތަޙްޤީޤު ކުރަމުންދާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.