ފުލުހުންގެ އިދާރާ --
ޒަޚަމްތަކަކާއި އެކު މަގުމަތީގައި އޮތް މީހަކު ފެނިއްޖެ
މާލެގެ މަގުމަތީގައި ޒަޚަމްތަކާއި އެކު ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސެނަހިޔާ ހޮސްޕިޓަލު ކައިރިއަށް ޒަޚަމްތަތަކާއި އެކު ވެއްޓިފައި އޮއްވައި ފެނިފައި ވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މިހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުން އަދި ހާމަކޮށްފައެއް ނުވެއެވެ.