Advertisement

ފުލުހުން ވެހިކަލެއް ޓޯވ ކުރަނީ ---

22 Jan 2025
ޚަބަރު

ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯވކޮށްފި

މާލޭގެ މަގުތަކުގައި އާއްމު ޓްރެފިކަށް ދަތިވާ ގޮތަށް އަދި ޤާވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯވކޮށް ނަގަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން އިއްޔެ ވިދާޅުވީ، މާލެއާ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި މަގުބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް އިއްޔެ ކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ އެއީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު މަގުބޭނުންކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ޕާކު ކުރާނެ ޖާގަ ނުދައްކައި ޓްރެފިކް ވަޔަލޭޝަން ސްޓިކާ ނުޖެހުމަކީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ވަޢުދެކެވެ.

ޓްރެފިކް ވަޔަލޭޝަން ސްޓިކާ ނުޖެހި ނަމަވެސް ދޭތެރެ ދޭތެރެއިން ފުލުހުން އަންނަނީ މާލޭގެ މަގުތަކުގައި ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ ހަތަރުފުރޮޅު އުޅަނދުތަކާއި ސައިކަލުތައް ޓޯވ ކުރަމުންނެވެ. އަދި ޓޯވ ކުރާ އުޅަނދުފަހަރު ދޫކުރަނީ ޖޫރިމަނާ ދެއްކުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.