ހިޔާ ފްލެޓުގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ބުނީ، ހިޔާގެ ޓަވަރެއްގެ ކޮރިޑޯ ތެރޭގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ، ޖޫން 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުން މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ވީޑިއޯއިން ފެންނަ މީހުން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އެވީޑިއޯގައި ފެންނަ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންނާއި ހިއްޞާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ.