Advertisement

ހުޅުމާލެ ޕޮލިސް --

30 Jun 2024
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޢަލީ ސުލައިމާން

ހުޅުމާލެ ޕޮލިސްއަކީ ވަކި ކޮމާންޑެއްގެ ގޮތުގައި ހަމަޖައްސަވައިފި

މާދަމާއި ފެށިގެން ޢަމަލު ކުރަން ނިންމާފައިވާ ދިވެހި ފުލުހުންގެ އައު އޮނިގަނޑުގެ ދަށުން، ހުޅުމާލެ ޕޮލިހަކީ ވަކި ކޮމާންޑެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް 4 އަހަރަށް އެކުލަވާލާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން، ފުލުހުންގެ ޚިދުމަތުގެ ހިންގުމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން، ހުޅުމާލެ ޕޮލިސް މާދަމާއިން ފެށިގެން ހިނގަމުންދާނީ ވަކި ކޮމާންޑެއްގެ ގޮތުގައެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލެ ޕޮލިސް ވަކި ކޮމާންޑެއްގެ ގޮތުގައި ހަމަޖެއްސީ. ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިންގ ޚިދުމަތެއް ދިނުމަށްޓަކައެވެ.

ގްރޭޓާމާލެ ސަރަހައްދުގައި މިހާރު އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައެވެ. ހުޅުމާލެ ފޭސް 1 އާއި ފޭސް 2ގައި ފުލުހުންގެ ޕޯސްޓްތައް ޤާއިމްކޮށް މިހާރުވެސް އަންނަނީ ޚިދުމަތް ދެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.