Advertisement

ނ. އަތޮޅު ވަވައްޗަށް ލެއްގި ސޯމާލިއާ ޑިންގީ -- ފޮޓޯ: ޕޮލިސް

22 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސޯމާލިއާ ތިން މީހަކު ތިބި ޑިންގީއެއް ނ. އަތޮޮޅު ފަޅުރަށަކަށް ލައްގައިފި

ސޯމާލިއާ ތިން މީހަކު ތިބި ޑިންގީއެއް ނ. އަތޮޮޅު ފަޅުރަށަކަށް ލައްގާފައި ވަނިކޮށް ފެނިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޑިންގީ ލައްގާފައި ވަނީ، ނ. ވަވަތި ނަމަކަށް ކިޔާ ފަޅު ރަށަކަށް ކަމަށެވެ. އެރަށަކީ ދަނޑުވެރިކަމާއި ދަނޑުވެރިކަމާއި ގުޅުން ހުރި މަސައްކަތްތަކަށް އަމިއްލަ ފަރާތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލެއްގި ޑިންގީއަކީ ސޯމާލިއާގެ ޑިންގީއެއް ކަަމަށާއި، އޭގައި ތިބި މީހުންނަކީ ސޯމާލިއާގެ ތިން މީހުންކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެރަށުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި، އެމީހުން ތިބީ، ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ނ. އަތޮޅު ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާގެ 3 މީހުން -- ފޮޓޯ: ޕޮލިސް

ސޯމާލިއާއަކީ ދިވެހިރާއްޖޭގެ ހުޅަނގުން 3002 ކިލޯ މީޓަރު ދުރުގައި އޮންނަ އެފްރިކާ ބައްރުގެ އައްސޭރިފަށުގެ ޤައުމެވެ. އެޤައުމުގެ ސީދާ އިރުމަތިން އެންމެ ގާތް ޤައުމަކަށް އިންޑިއާ ކަނޑުގައި އޮންނަ ޤައުމަކީ ދިވެހިރާއްޖެއެވެ.

ސޯމާލިއާގެ އިރުމަތީ އައްސޭރި ފަށުގައި ކުދި ޑިންގީތަކުގައި، ސޯމާލިއާގެ ފޭރޭ މީހުން އިންޑިއާ ކަނޑަށް ނުކުމެ އުޅެއެވެ. މީގެ ކުރިންވެސް ޑިންގީތަކުގައި ބެހިގެން އައި ސޯމާލިއާގެ ބައެއް މީހުން ރާއްޖޭގެ ރަށްރަށަށް ލައްވެފައިވެއެވެ.

2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސޯމާލިއާގެ ޑިންގީއެއް 7 މީހުންނާއި އެކު ފުވައްމުލަކަށް ލެއްގިއެވެ. އަދި ހަމަ އެއަހަރުގެ ޑިސެމްބަރު މަހު، ބ. އަތޮޅު ކައިރިން ދެފެން ދޭތެރޭގައި އޮތް ސޯމާލިއާގެ ޑިންގީއެއް ފެނުނެވެ. އެ ޑިންގީންވެސް ވަޒަންތަކެއް ފެނުނު ކަމުގައި އޭރު އެމްއެންޑީއެފުން ހާމަކުރައްވާފައިވެއެވެ.

2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ދެމެދު ރާއްޖެއަށް ޑިންގީތަކުގައި ބެހިގެން 40 ވުރެ ގިނަ މީހުން ލެއްގިއެވެ. އެ އެންމެން ރާއްޖެއިން ފޮނުވާލެވުނީ 2013 ވަނަ އަހަރުގައި ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.