Advertisement

ނ. ވަވައްޗަށް ލެއްގި ސޯމާލިއާގެ ޑިންގީގައި ތިބި ތިން މީހުން --

26 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއަށް ލެއްގި ސޯމާލިއާ މީހުން ހުޅުމާލެއަށް ގެނެސްފި

މިދިޔަ ހޮނިހިރު ދުވަހު ނ. އަތޮޅުގެ ފަޅުރަށަކަށް ލެއްގި ސޯމާލިއާގެ ޑިންގީގައި ތިބި މީހުން ހުޅުމާލެއަށް ގެނެސްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިމަހުގެ 22 ވީ ހޮނިހިރު ދުވަހު، ނ. އަތޮޅުގައި އޮންނަ ވަވަތި ނަމަކަށް ކޔާ ފަޅުރަށަކަށް ލެއްގި ޑިންގީގައި ތިބީ ސޯމާލިއާގެ ތިން ފިރިހެނުންނެވެ. އެމީހުން ފެނުނު އިރު ހާލު ރަނގަޅެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި، ނ. ހޮޅުދޫގައި ބޭތިއްބުމަށްފަހުގައި މިހާރު ހުޅުމާލެއަށް ގެނެސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެމީހުން މިވަގުތު ބައިތިއްބާފައި ތިބީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައެވެ.

ސޯމާލިއާގެ ޑިންގީގައި ރާއްޖެއަށް ލެއްގި މީހުންނަކީ، ކަނޑުމަތީގައި ކޮން މަސައްކަތެއް ކުރަން އުޅުނު ބައެއް ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ކުދި ޑިންގީތަކުގައި ސޯމާލިއާގެ މީހުން އިންޑިއާކަނޑުގެ ހުޅަނގު ސަރަހައްދުތަކަށް ނުކުމެ، އާގު ބޯޓު ފަހަރު ކަނޑުފޭރުމުގައި ހަރަކާތްތެރިވެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ސޯމާލިއާގެ މީހުން ކުދި ޑިންގީތަކުގައި ރާއްޖެއަށް ލައްގާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.