Advertisement

ސިނަމާލެ 3 އިމާރާތުގެ އާތު ލޯ ނަރުތައް ބުރިކޮށް ވަގަށް ނަގާފައި ---

25 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސިނަމާލެ 3 އިމާރާތުގެ އާތު ދަގަނޑުތައް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

ރައީސް މައުމޫނުގެ ދައުރުގައި މާލޭގައި އިމާރާތްކުރު ފްލެޓް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ސިނަމާލެ 3 ގެ އިމާރާތުގެ ޓެރަހުގައި ހަރުކޮށްފައި ކުރި އާތު ދަގަނޑުތައް ބުރިކޮށް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ވައްކަމުގެ އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 35 އަހަރުގެ ދެ ފިރިހެނުންނާއި، އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ތިން މީހުން ވައްކަން ކުރަން އުޅެނިކޮށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 5:01 ގައި ކަމަށެވެ. އެމީހުން އެތަނަށް ވަދެފައި ވަނީ ސެކިއުރިޓީ ދޮރުގެ ތަޅުތައް ހަލާކުކޮށްލައިގެންނެވެ. އަދި އެމީހުން ބުރިކޮށް ވަގަށް ނަގާފައި ވަނީ، އެ އިމާރާތުގެ އާތަށް ޖަހާފައި ހުރި ފަލަ ލޯނަރުތަކެވެ.

ލޮއެ ނަރުގެ ބާވަތްތަަކާއި، ދަގަނޑުގެ ބާވަތްތައް ވަގަށް ނަގައިގެން ވިއްކުމަކީ، މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުން ފައިސާ ހޯދަން ކުރާ ކަމަކަށް މިހާރު ވަނީ ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.