Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އޮފިސަރުން --

30 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މާދަމާއި ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ!

ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެކުލަވާލާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓެރެޓެޖިކް ޕްލޭނަށް މާދަމާއިން ފެށިގެން ޢަމަލުކުރުމަށް ނިންމާފައިވާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން، ފުލުހުންގެ ތަރުޖަމާނު، އަޙްމަދު ޝިފާން މީޑިއާތަކަށް ޙިއްޞާކުރެއްވި މަޢުލޫމާތުގައި ވަނީ، މާދަމާއި ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް ގެނެވޭ ބައެއް ބަދަލުތައް ހާމަކުރައްވާފައެވެ.

މިގޮތުން ގެނެވޭ ބަދަލުތަކުގެ މައިގަނޑު ބޭނުމަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޒް ކުރުމަށް މަސައްކަތްތައް ތަރުތީބު ކުރުން ކަމަށާއި، މިގޮތުން އައު ސްޓްރެޓެޖިކް ޕްލޭންގެ ދަށުން މިހާރު ވަނީ، ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމަނައިގެން ކޮމާންޑް އަދި ޑައިރެކްޓްރޭޓްތައް 17އަށް އިތުރު ކުރެވިފައި ވާކަމުގައި ޝިފާން ވިދާޅުވިއެވެ.

އަލަށް އުފެއްދި ކޮމާންޑް ތަކަކީ، ގޭންގް ކްރައިމް އެންފޯސްމެންޓް، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ، އަދު ހުޅުމާލެ ޕޮލިސް އެވެ. އަދި މިތަންތަނުގެ އިތުރުން، ޢިލްމާއި ތަމްރީނާއި ގުޅޭ ގޮތުން، ކޮމާންޑް، ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކަށްވެސް ވެރިން ޢައްޔަނުކުރެވިފައިވާ ކަމުގައި ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، މިގެނެވުނު ބަދަލުތަކުގެ މަޤުޞަދުތަކުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިންގުން ހަރުދަނާކުރުމާއި، ޚިދުމަތްތައް ތަރުތީބުކުރުން ކުރުން ހިމެނޭނެ ކަމަށެވެ. އަދި އަވަސް، ޢިތުބާރު ކުރެވޭ ޚިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީވެސް މި 4 އަހަރުގެ ޕްލޭނުގައި އަމާޒު ހިފާފައިވާ މުހިއްމު ދާއިރާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލެއް މާދަމާއިން ފެށިގެން ގެންނައިރު، މަތީ ފަންތީގެ ފުލުސް އޮފިސަރުން ހިމެނޭހެން، ގިނަ އޮފިސަރުންތަކެއްގެ މަޤާމާއި މަސްޢޫލިއްޔަތާއި ޒިންމާތަކަށް ބަދަލުތައް ގެނެސްފައިވެއެވެ. އެހެން ނަމަވެސް މަޤާމާއި މަސްޢޫލިއްޔަތުގެ ޒިންމާތައް ބަދަލުކުރެވުނު އޮފިސަރުންނާއި އެ އޮފިސަރުންނާއި އަލަށް ހަވާލުވި ޒިންމާތަކުގެ މަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.