Advertisement

ޝަމްނާޒް ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމު ކުރެއްވި ފޮޓޯ--

26 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސްޓޭޓް މިނިސްޓަރ ޝަމްނާޒާއި އިތުރު ދެމީހަކު ހައްޔަރުކޮށް ބަންދަށް 7 ދުވަސް ޖަހައިފި

ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް މިނިސްޓަރެއްގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވާ، ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާއާއެކު ހައްޔަރުކުރި އަނެއް ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން އެތިން މީހުންގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ޝަމްނާޒް އާއި އިތުރު ދެމީހަކު ހައްޔަރުކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވި ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ފުލުހުންގެ އިދާރާއަކުން ހާމައެއް ނުކުރައްވައެވެ.

ޝަމްނާޒަކީ، ކުރިން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝަމްނާޒް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ގޮތުގައި އެމިނިސްޓްރީއަށް އޭނާގެ މަޤާމު ބަދަލުކުރައްވާފައެވެ. މީގެ އިތުރުން ޝަމްނާޒަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒާއި ގާތްގުޅުމެއް ބޭއްވި ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒްގެ ކުރީގެ އަނބިކަނބަލުންނެވެ. އާދަމް ރަމީޒާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއިވެސް މައްސަލަތަކެއް ޖެހި ދެބޭފުޅުން އެކުގައި ނުފެންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަމްނާޒު ހައްޔަރުކޮށްފައި ވަނީ ސިހުރު ހެދުވުމުގެ ތުހުމަތުގައެވެ. އަދި އޭނާ ދިރިއުޅޭތަން ބަލައި ފާސްކޮށް ފުލުހުން ބައެއް އެއްޗެހި ގެންދިޔަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. 

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝަމްނާޒް ސިހުރު ހަދުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށެވެ. އަދި ޝަމްނާޒް ސިހުރު ހެދުވީ، އޭނާގެ ކުރީގެ ފިރިކަލުން އާދަމް ރަމީޒްގެ ހަގު އަނބިކަނބަލުންނަށް ކަމުގައިވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ސިހުރު ހެދުމާއި ސިހުރު ހެދުވުމުގެ މައްސަލަތަކަކީ ރާއްޖޭގައި މިފަހަކުން އިތުރުވެފައިވާ މައްސަލައެކެެވެ. އިސްލާމީ ޝަރީޢަތުގައި ސިހުރު ހަދާމީހާގެ މައްޗަށް ކަނޑައެޅިފައި އޮންނަނީ މަރުގެ އަދަބު ކަމުގައި ވާއިރު، ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ، އަދި ހަމައެކަނި މަރުގެ ޙުކުމެއް ތަންފީޒްކޮށްފައި ވަނީވެސް ސިޙްރު ހެދުމާއި ގުޅޭ މައްސަލައެއްގައެވެެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.