Advertisement

ނ. ވަވައްޗަށް ލެއްގި ސޯމާލިއާގެ ޑިންގީގައި ތިބި އެޤައުމަށް ނިސްބަތްވާ ތިން ފިރިހެނުން -- ފޮޓޯ: ޕޮލިސް

23 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއަށް ލެއްގި ސޯމާލިއާގެ ޑިންގީގައި ތިބީ ކަނޑުމަތީގައި ހާލުގައި ޖެހުނު ބައެއް: ފުލުހުން

އިއްޔެ ނ. އަތޮޅުގެ ފަޅުރަށަކަށް ލެއްގި ޑިންގީގައި ތިބި، އެޤައުމަށް ނިސްބަތްވާ މީހުންނަކީ، ކަނޑުމަތީގައި ހާލުގައި ޖެހުނު ބައެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުން މިހާރުު، ނ. ހޮޅުދޫއަށް ގެންގޮސް ކައުންސިލްގެ އެހީތެރިކަމާއި އެކު އެމީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެ އިތުރުން އެކަމާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ނ. އަތޮޅުގައި އޮންނަ ވަވަތި ނަމަކަށް ކިޔާ ފަޅުރަށަކަށް އިއްޔެ ލެއްގި ސޯމާލިއާގެ ޑިންގީގައި ތިބީ އެޤައުމަށް ނިސްބަތްވާ 3 ފިރިހެނުންނެވެ. އެމީހުން ފެނުނު އިރު އެމީހުން ޞިއްޙީހާލަތުވެސް ރަނގަޅެވެ. 

އައުޓް ބޯޑު އިންޖީނެއް އަޅާފައިވާ ޑިންގީއެއްގައި އެމީހުން ބެހިގެން އައިސް ރާއްޖެއަށް ލައްވީ ކޮން ކަމަކާއި ގުޅިގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި އެމީހުންނަކީ، މަސްވެރިންކަމެއް ނުވަތަ ނޫންކަމެއްވެސް އެނގިފައެއް ނުވެއެވެ.

އިންޑިއާ ކަނޑުގެ ހުޅަނގު ސަރަހައްދުތަކުން ދަތުރުކުރާ އާގުބޯޓު ފަހަރު، ކަނޑުފޭރުުމުގައި ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި މާކަނޑަށް ނުކުމެ އުޅެއެވެ. އެހެންވެ އެސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރާއި ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރަމުން ގެންގޮސްފައިވެއެވެ.

ސޯމާލިއާއަކީ ދިވެހިރާއްޖޭގެ ހުޅަނގުން 3002 ކިލޯ މީޓަރު ދުރުގައި އޮންނަ އެފްރިކާ ބައްރުގެ އައްސޭރިފަށުގެ ޤައުމެވެ. އެޤައުމުގެ ސީދާ އިރުމަތިން އެންމެ ގާތް ޤައުމަކަށް އިންޑިއާ ކަނޑުގައި އޮންނަ ޤައުމަކީ ދިވެހިރާއްޖެއެވެ.

2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސޯމާލިއާގެ ޑިންގީއެއް 7 މީހުންނާއި އެކު ފުވައްމުލަކަށް ލެއްގިއެވެ. އަދި ހަމަ އެއަހަރުގެ ޑިސެމްބަރު މަހު، ބ. އަތޮޅު ކައިރިން ދެފެން ދޭތެރޭގައި އޮތް ސޯމާލިއާގެ ޑިންގީއެއް ފެނުނެވެ. އެ ޑިންގީންވެސް ވަޒަންތަކެއް ފެނުނު ކަމުގައި އޭރު އެމްއެންޑީއެފުން ހާމަކުރައްވާފައިވެއެވެ.

2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ދެމެދު ރާއްޖެއަށް ޑިންގީތަކުގައި ބެހިގެން 40 ވުރެ ގިނަ މީހުން ލެއްގިއެވެ. އެ އެންމެން ރާއްޖެއިން ފޮނުވާލެވުނީ 2013 ވަނަ އަހަރުގައި ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.