Advertisement

ހޯމް މިނިސްޓްރީ އާއި ފުލުހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

27 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިދޭ ކަމުގެ ތުހުމަތުގައި 8 އޮފިސަރަކު ހައްޔަރުކޮށްފި

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދިނުމުގެ ކުށުގެ ތުހުމަތުގައި މިހާތަނަށް 8 އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްޞާން ވިދާޅުވީ، ފައިސާއަށްް ޖަލަށް މަނާތަކެތި ވައްދައިދިން 18 އޮފިސަރަކު ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރެެއިން 6 އޮފިސަރުންނަކީ، މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތުން ވަކިވެފައިވާ އޮފިސަރުން ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ އިޙްޞާން ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން، އެ 18 އޮފިސަރުންގެ ބޭންކް އެކައުންޓަށް 73.3 މިލިޔަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އަދި އެއް އޮފިސަރެއްގެ އެކައުންޓަށް 24 މިލިޔަން ރުފިޔާ ޖަމާވެފައި ހުރިކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ، އެ އޮފިސަރުންނަކީ، އެހެން ވިޔަފާރިއެއް ނުވަތަ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރާ ބައެއްކަން ފާހަގަވެފައި ނެތް ކަމަށެވެ. އަދި ޖަލު ބަލަހައްޓަމުން ދިޔަ އެ އޮފިސަރުންނަށް މާލޭގައި ކުށުގެ މާހައުލުގައި އުޅޭ ފަރާތްތަކުންނާއި، ޖަލުގައި ތިބި މީހުންގެ އެކައުންޓްތަކުންވެސް ފައިސާ ޖަމާކޮށްފައިވާ ކަމުގައި މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

ފައިސާގެ މިހާ ބޮޑެތި މުއާމަލާތްތަކެއް ހިނގައި ދިޔައިރު ބޭންކާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސަށް އެކަން ނޭގުނީ ކީއްވެތޯ ނޫން.އެމްވީ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ، ޖަލު އޮފިސަރުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ހުރީ 5000ރ ފަދަ ކުދި އަދަދު ތަކުން ކަމަށެވެ.

މިއީ މިހާރު މާފުށީ ޖަލުގައި ކުރިޔަށްދާ އޮޕަރޭޝަނަކަށްވާތީ، ތަޙްޤީޤު ކުރިޔަށްދާ މިންވަރަކުން އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާނެ ކަމުގައި މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.