މޯލްޑިްވްސް ޕޮލިސް ސަރވިސް
މޯލްޑިްވްސް ޕޮލިސް ސަރވިސް
18 Jul 2024
ޚަބަރު
ދެ އެޕާޓްމެންޓަކާއި ދެ ކާރެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ހޯދައިފި
މި އޮޕަރޭޝަންގައި ޖުމްލަ 7 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މީހުނަކީ 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުުމުން ހަތް މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
18 Jul 2024
ޚަބަރު
އައިސީޔޫގައި ތިބި ޕޮލިސް ކޮލެޖުގެ ކުދިންގެ ހާލު ވެސް މިހާރު އަންނަނީ ރަގަޅުވަމުން
އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެ 5 ދަރިވަރަކު އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދީފައި ވީ ނަމަވެސް، މީގެ ތެރެއިން ދެ ކުދިން ފިޔަވައި އެހެން ހުރިހާ ކުދިންނެއް މިހާރު ހޮސްޕިޓަލުން ޑިސްޗާޖުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. އަދި މި ވަގުތު އައިސީޔޫގައި ތިބި ދެ ކުދިންގެ ހާލު ރަގަޅު ވަމުން އަންނަ ކަމަށް ވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.
18 Jul 2024
ޚަބަރު
ކާނާ ވިހަވެ ޕޮލިސް ކޮލެޖުގެ 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ އެއްދަރިވަރެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި ކާނާ ވިހަވެގެން ޖުމުލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.
17 Jul 2024
ޚަބަރު
"ޝޯޓް ރޭންޖް" އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ފުލުހުންނަށް ދެ ޑްރޯން ހަދިޔާކޮށްފި
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންކުރާނެ ދެ ޑްރޯން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ފުލުހުންނަށް މިއަދު ހަދިޔާކޮށްފި އެވެ. މި ޑްރޯންތައް ބޭނުން ކުރާނީ ކަނޑާއި ވައިގެ ތެރޭގައި ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައި ކަމަށް ފުލުހުން ބުންޏެވެ.
17 Jul 2024
ޚަބަރު
ފުލުހުންގެ ބަންދުން ފިލަން އުޅުނު މީހާ ވެންޓިލޭޓަރުގައި
ފުލުހުންގެ ބައްދަށް ގެންދަން އުޅެނިކޮށް ފިލަން އުޅުމުގެ ތެރޭގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ. އެމީހާއަކީ ޑްރަގް ކޯޓުގެ އަމުރަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ 1 ޖަހާއިރަށް ހާޒިރުކުރަން އުޅުނު 38 އަހަރުގެ ފިރިހެނެކެވެ.
16 Jul 2024
ޚަބަރު
ކޮރަޕްޝަނުން ސަލާމަތްވެވޭނީ މުޅި ދައުލަތް އެއް ވިސްނުމެއްގައި އޮވެގެން: އޭސީސީ
ކޮރަޕްޝަނުން ސަލާމަތްވެވޭނީ މުޅި ދައުލަތް އެއް ވިސްނުމެއްގައި އޮވެގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ. ނަމަވެސް، ދައުލަތުގެ އެކި ދިމާލުގައި އެކި ވިސްނުން ގެންގުޅުމަކީ މިކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
15 Jul 2024
ޚަބަރު
ފުލުހުންގެ ބަންދަށް ގެންދަން އުޅުނު މީހަކު ފިލަން އުޅެނިކޮށް އަނިޔާވެއްޖެ
ފުލުހުންގެ ބައްދަށް ގެންދަން އުޅުނު މީހަކު ފިލަން އުޅުމުގެ ތެރޭގައި އަނިޔާވެ، އޭނާގެ ހާލު ސީރިއަސް ވެއްޖެއެވެ. މާލޭގައި ހިނގި މި ހާދިސާގައި އޭނާ ވެއްޓިފައިވަނީ ގެއެއްގެ ފުރާޅު މަތިންނެވެ.
14 Jul 2024
ޚަބަރު
4 މިލިއަން އެމެރިކާ ޑޮލަރުގެ ވެހިކަލް ޖަޕާނުން ހަދިޔާކޮށްފި
މި ތަކެއްޗާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މުޖުތަމަޢުގައި ކުށްކުރުން އިތުރުވަމުންދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އިހުނަށް ވުރެން އިތުރު ކުރަން ޖެހިފައިވާކަމަށާއި، އެކަންކުރެވޭނީ ރަނގަޅު ވަޞީލަތްތައް ފުލުހުންގެ ޚިދުމަތުގައި ޤާއިމްކޮށްގެންކަމަށެވެ. އ
11 Jul 2024
ޚަބަރު
ޖުމްލަ 2.5 މިލިއަން ރުފިޔާގެ ސްކޭމްގެ ދެ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
ފުރަތަމަ މައްސަލައަކީ، މި އަހަރުގެ ފެބުރުވަރީ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެއްކަމަށް ވިދާޅުވެފައިވެއެވެ. އެ ސްކޭމްގައި ޖުމްލަ 587،149ރ. (ފަސް ލައްކަ އަށްޑިހަ ހަތް ހާސް އެއް ސަތޭކަ ސަޅީސް ނުވަ ރުފިޔާ) ހިމެނެއެވެ. ދެވަނަ މައްސަލައަކީ ހަމަ މި އަހަރުގެ ޖޫން 18 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ސްކޭމްގައި ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކަށް ކާކުކަން ނޭންގޭ ފަރާތަކުން ވައިބާ އާއި ވަޓްސްއަޕް މެދުވެރިކޮށް ޕްރޮޖެކްޓަކަށް މުދާ ސްޕަލައިކުރަން ބޭނުންކަމަށް ބުނެ، އޮޅުވާލައިގެން ވެންޑާ ރެޖިސްޓަރ ކުރުމަށް އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދިކަމަށް ވިކްޓިމް ތަހުގީގަށް ކިޔާދީފައިވެއެވެ. އަދި އެއަށްފަހު، އިންޓަނެޓް ބޭންކިން ބޭނުންކޮށް ވިކްޓިމްގެ ޕާސަނަލް އެކައުންޓަށް އެކްސެސްވެ، އެ އެކައުންޓުން ގާތްގަނޑަކަށް 25،000ރ. (ފަންސަވިސް ހާސް ރުފިޔާ) އާއި، ވިޔަފާރީގެ އެކައުންޓުން 1،897،016ރ. (އެއް މިލިއަން އަށް ލައްކަ ނުވަދިހަ ހަތް ހާސް ސޯޅަ ރުފިޔާ) ނަގާފައިވެއެވެ.
09 Jul 2024
ޚަބަރު
ރަހީނު ކުރުމަށްފަހު މީހެއްގެ އިނގިލި ބުރިކޮށްލި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ފުލުހުން ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާއިރު، މި މީހުންނަށް ފުލުހުން ކުރަނީ ތިން ތުހުމަތެކެވެ. އެއީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހެއްގެ ގައިގައި ޖެހުމާއި ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހައްޓައިގެން ގެންގުޅުމުގެ ތުހުމަތެވެ. މި މައްސަލައިގައި ތުހުމަތުކުރާ މީހުންގެ މައްޗަށް ކުރާ ދައުވާގައި ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ސްނެޕްޝޮޓްތަކަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯއަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ޝަރީއަތަށް ހުށަހަޅާފައިވެއެވެ.
07 Jul 2024
ޚަބަރު
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި މަސްވެރިޔާ ސާޖިދު ބަންދުން ދޫކޮށްލައިފި
ޖޫން 30 ވަނަ ދުވަހު، ފުލުހުން އޭނާ ހައްޔަރު ކުރީ، އަންހެނެއްގެ ބޮުގައި ގާބުރިއަކުން ޖެހި ކަމުގެ ތުހުމަތުގައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް، ވިލިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން އެކޯޓުން ޖުލައި 1 ވަނަ ދުވަހު ވަނީ އޭނާގެ ބަންދަށް 7 ދުވަސް ޖަހައިދީފައެވެ. އެމުއްދަތު ހަމަވަނީ މިއަދަށެވެ.
07 Jul 2024
ޚަބަރު
ޓްރާންސްފޯމަރެއް ހަލާކުކޮށްލައި ކޭބަލް ވަގަށް ނެގި މީހާ އިތުރު 15 ދުވަހަށް ބަންދުކޮށްފި
ފުލުހުންގެ އިދާރާާއިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަންގާރަދުވަހު ކުރި އެ ވައްކަމާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ  ހުކުރު ދުވަހުގައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން އަމުރުދީފައިވާ ކަމަށެވެ.
07 Jul 2024
ސްޓެލްކޯ
ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކޭބަލް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭ މަޖީދިއްޔާ ސްކޫލު ކައިރީގައި ހުރި، ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ބުރިކޮށް ވަގަން ނަގައި، އަދި އެތަނަށް ގެއްލުން ދިނުމާއި ގުޅިގެން، އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
05 Jul 2024
ޚަބަރު
ހަށިވިއްކާ ތަނެއް ރެއިޑްކޮށް ދިވެހި ފިރިހެނަކާއި ތިން އަންހެނުން ހައްޔަރުކޮށްފި
ފުލުހުންގެ މި އޮޕަރޭޝަން ހިންގާފައިވަނީ އެ ސްޕާގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެންކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި އެތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 55 އަހަރުގެ ފިރިހެނަކާއި ތައިލެންޑުގެ 3 އަންހެނުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
02 Jul 2024
ޚަބަރު
ސިޙުރުގެ މައްސަލަ ރައީސާއި ގުޅުވައި، މުޅި ދުނިޔޭގައި ޚަބަރުތައް ފެތުރުނުފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ވާހަކަތައް ދޮގުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޙުރުގެ މައްސަލަ އާއި ގުޅުވައި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާކަމުގައިވެސް ހީނާ ވިދާޅުވިއެވެ.
01 Jul 2024
ޚަބަރު
އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސާޖިދުގެ ބަންދަށް 7 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގއ. ވިލިގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އުމުރުން 32 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް، ވިލިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.